އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމް ދީނުގެ ޙުކުމްތައް ބާވައިލެއްވެވީ އެންމެންނަށް - ވެރިންނާ ޢާންމުންނަށް ހަމަހަމްކޮށް!: ޑރ. އިޔާޟް

އިސްލާމް ދީނުގެ ޙުކުމްތައް ބާވައިލެއްވެވީ އެންމެންނަށް - ވެރިންނާ ޢާންމުންނަށް ހަމަހަމްކޮށް!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

އިސްލާމް ދީނުގެ ޙުކުމްތައް ﷲ ތަޢާލާ ބާވައިލައްވަވާފައި ވަނީ އެންމެހައި މީސްތަކުންނަށް ކަމަށާއި ވެރިންނަށާއި ޢާންމުންނަށް ހަމަހަމްކޮށްކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

"އިސްލާމީ ޝަރީޢަތް ބާވައި ލެއްވެވީ، ވަކި މީހަކު، ނުވަތަ ވަކި ޖަމާއަތެއްގެ ބައަކު ވަކި ގޮތަކަށް އަމަލުކުރަން ޖެހޭ ގޮތަކަށް ނޫނެވެ. ހިލޭ ފިރިހެނުންނާއި އަންހެނުން އަތާއި އަތް ޖޯޑުކޮށް ސަލާމް ނުކުރުމާއި ޢައުރަ ނިވާ ކުރުމަކީ އެންމެންވެސް އެ ޙުކުމަށް ތަބަޢާވާން ޖެހޭ ކަންތަކެވެ."

"ކޮންމެ މީހަކު ކުރި ނަމަވެސް ރަނގަޅުކަންތައް ވާނީ ރަނގަޅު ކަންތަކަށެވެ. ނުބައިކަންތައް ވާނީ ނުބައި ކަންތަކަށެވެ. ރަނގަޅު ކަންތަކުގައި ދެމިތިބުމަށާއި ގޯސްކޮށް ކުރެވިފައިވާ ކަންތައްތައް ތަކުރާރު ނުކުރުމަށް ޢަޒުމް ކަނޑައަޅަން ޖެހެއެވެ. އެކަމަށް ވާގި ދެއްވުން އެދި ދުޢާކުތރަންވެސް ޖެހެއެވެ."

ޑރ. އިޔާޟް ވިދާޅުވީ އިސްލާމް ދީނުގެ ޙުކުމްތަކަށް ތަބަޢަވެ އަމަލުކުރުމުގައި އެމީހާގެ މަޤާމާއި ހައިބަތުގެ ސަބަބުން އެއްވެސް މީހަކު އިސްތިސްނާވެގެން ނުވާ ކަމަށެވެ. އެހެންކަމުން މީހެއްގެ ދަރަޖަ މަތިވުމާއި ތަނަވަސްކަން އިތުރުވުން ފަދަ ނިޢްމަތްތައް ކިތަންމެ ވަރަކަށް ލިބުނު ނަމަވެސް ﷲ ތަޢާލާ ބާވައި ލެއްވެވި ޙުކުމްފުޅުތަކަށް އަމަލުކުރަންޖެހުމުގައި އެއްވެސް ތަފާތެއް ނެތް ކަމަށެވެ. 

"ﷲ ތަޢާލާ ކީރިތި ޤްރްއާން ބާވައިލެއްވެވީ އެންމެހައި މީސަތަކުންނަށް. މީސްތަކުންގެ ދަރަޖަ ﷲ ތައާލާގެ ޙަޟްރަތުގައި މަތިވެރިވަނީވެސް އެމިޙެއްގެ ކިބައިގައި ތަޤްވާވެރިކަން އިތުރުވާ މިންވަރަކުން. ތަޤްވާވެރިވުމަކީ ޢަމަލުތައް ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް ސީދާކުރުން. ހެޔޮ އަމަލުތައް ކުރުން އިތުރުކުރުން. ހަމަ އެޢާއިއެކު ނަހީ ކުރެއްވެވި ކަންކަން ނުކުރުން." ކަމަށް ވެސް ޑރ. އިޔާޟް ވަނީ ދަރުސެއްގައި ވިދާޅުވެފައެވެ.  

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް