އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާމުއި ޢާންމު ރޯގާތަކުން ފޯރާ އުނދަގޫތައް ކުޑަކޮށްދޭ! ޢާންމު ކެއްސުމަށްވެސް ރަނގަޅު ފަރުވާއެއް!

މާމުއި ޢާންމު ރޯގާތަކުން ފޯރާ އުނދަގޫތައް ކުޑަކޮށްދޭ! ޢާންމު ކެއްސުމަށްވެސް ރަނގަޅު ފަރުވާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

އެންމެ ފަހުގެ ހޯދުންތަކުން އެނގޭ ގޮތުގައި މޫސުމީ ރޯގާގެ ސަބަބުން ފޯރާ ގިނަ އުނދަގޫތަކަކަށް މާމުއިގެ ސަބަބުން ލުއިލިބެއެވެ. އަދި ގިނަފަހަރު އެކުގައި ޝިފާވެސް ލިބެއެވެ.  

މޫސުމީ ރޯގާގެ ސަބަބުން މޭގައި ދަވަހެދި ކެއްސާނަމަ އެކަމަށްވެސް މާމުއިގެ ސަބަބުން ޝިފާ ލިބެއެވެ. ގިނައިން ކެއްސާނަމަ ލުނބޯހުތާއި އިނގުރުދިޔަ އެއްކޮށް މާހޫނުނުކޮށް ތާފަނާކަން ހުންނަވަރަށް ހޫނުކޮށްލައިގެން ބުއިމުން ފަސޭހައިން ލުއި ލިބެއެވެ.  

ލުބޯ ހުތް ބޭނުންކުރަން އުނދަގޫނަމަ އޮރެންޖުގެ ދިޔަވެސް ބޭނުންކުރެވިދާނެއެވެ. އެކަމަކު އެންމެ ރަނގަޅީ ލުނބޯ ހުތް ބޭނުންކުރުމެވެ. ރޯގާގެ ކަންތައްތަކަށާއި މޭސާފުކުރަން ބޮޑަށް އެހީތެރިވެދެނީ ލުނބޯހުތްކަމަށްވާތީއެވެ.  

ފަހުގެ ހޯދުންތަކުން އެނގޭ ގޮތުގައި މާމުޔަކީ އިލަރޖީ ގެ ސަބަބުން އުފެދޭ ގިނަ މައްސަލަތަކަށް ލުއި ލިބޭއެއްޗެކެވެ. ނަމަވެސް ބޭނުންކުރަން ރަނގަޅީ ލިބޭނަމަ ތާޒާ (ރޯ) މާމުޔެވެ. ނޫންނަމަ ލިބޭ އެންމެ ރަނގަޅު ބާވަތެކެވެ.  

ރޯގާގެ އުނދަގޫތަކަށްވެސް އަދި އެހެން ޢާންމު ކަންކަމަށްވެސް ޑޮކްޓަރުން ދޭ ޢާންމު ބޭސް ބޭނުންކުރަމުންވެސް މާމުއި ބޭނުންކުރެވޭނެއެވެ. އެހެންކަމާއިއެކުވެސް އުނދަގޫތައް މާބޮޑުނަމަ ޑޮކްޓަރުންގެ ލަފާ ހޯދައިލުން ރަނގަޅުވާނެއެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް