އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭގައި ހިނގާފައި ދިޔަ ދެ އަންހެނެއް ގައިގައި ސައިކަލަކުން ޖެހި ޒަޚަމްވެއްޖެ

ހުޅުމާލޭގައި ހިނގާފައި ދިޔަ ދެ އަންހެނެއް ގައިގައި ސައިކަލަކުން ޖެހި ޒަޚަމްވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

ހުޅުމާލޭގައި ހިނގާފައި ދިޔަ ދެ އަންހެނެއް ގައިގައި ސައިކަލަކުން ޖެހި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނަ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހް ވިދާޅުވީ، އަނިޔާވި ދެ އަންހެނުންގެ ތެރެއިން އުމުރުން 25 އަހަރުގެ އަންހެން މީހާގެ ބޯފަޅައިގެން ގޮސްފައިވާ ކަމަށާއި ދެން އަނިޔާވި އުމުރުން 22 އަހަރުގެ އަންހެން މީހާއަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. 

އެދެ އަންހެނުންނަކީ ވެސް އދ. ހަންޏާމީދޫ އަށް އުފަން ދެމީހުން ކަމަށް މައުލޫމާތު ލިބެއެވެ. 

މިހާދިސާގައި އެދެ އަންހެނުންގެ އިތުރުން ދެން އަނިޔާވީ ސައިކަލު ދުއްވަން އިން 20 އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ ވެސް ބޮލަށް އަނިޔާތެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

މިހާދިސާ ހިނގާފައިވަނީ މިރޭ 20:20 ހާއިރުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ