އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވައަތަށް ފަތް ލިބޭއިރު ކަނައަތް އޮންނާނީ ކަރުގަ އޮޅި ތާށިވެފަ - ވައަތް އޮންނާނީ ފުރަގަހަށް ގޮސް ބުރަކަށީގަ ބަނދެވިފަ: ޑރ. އިޔާޟް

ވައަތަށް ފަތް ލިބޭއިރު ކަނައަތް އޮންނާނީ ކަރުގަ އޮޅި ތާށިވެފަ - ވައަތް އޮންނާނީ ފުރަގަހަށް ގޮސް ބުރަކަށީގަ ބަނދެވިފަ: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ކާފަރުންނަށާއި މުނާފިޤުންނަށް އަދި ނަރަކައަށް ދާންޖެހޭ އެންމެންނަށް ޤިޔާމަތް ދުވަހު އެމީހުން ދުނިޔޭގައި ތިބެ ކުޅަ ޢަމަލުތަކުގެ ފަތް ލިބޭނީ އެމީހުންގެ ވައަތަށެވެ. ވައަތަށް ފަތް ލިބޭއިރު ކަނައަތް އޮންނާނީ ކަރުގަ އޮޅި ބަނދެވިފައެވެ. ވައަތް އޮންނާނީ ފުރަގަހަށް ގޮސް ބުރަކަށީގް ތަތްވެފައެވެ.

އެންމެހައި މީސްތަކުންގެ ބޯމަތިން އެމީހުންނަށް ގޮވައިލެވޭނެއެވެ. މިތިބަ މީހުންނަކީ ﷲ ތަޢާލާގެ އާޔަތްތައް ދޮގުކުރި މީހުންނެވެ. މާތްﷲގެ ލަޢްނަތް އަނިޔާވެރިންގެ މައްޗަށް ހުއްޓެވެ. މާނައަކީ އެބައިމީހުންގެ މައްޗަށް ﷲ ތަޢާލާގެ ޢާޔަތްތައް އައި ހިނދު އެބައިމީހުން ވަނީ އެމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް އަނިޔާވެރިވެފައެވެ.

ދެން އެބައިމީހުންގެ އަމަލުގެ ފަތް އެމީހުންގެ ވައަތަށް ދެވޭ ހުއްޓެވެ.

އެހިނދު އެމީހުންނަށް ދުނިޔޭގައި ތިބެ ކަންކަން ކުރެވުނު ގޮތާއިމެދު ހިތާމަކުރާނެއެވެ. އެމީހުން ބުނާނެއެވެ. ތިމަންނާގެ ބާރުވެރިކަމުގެ ސަބަބުން ތިމަންނާ ހަލާކުވެގެން ހިނގައްޖެއެވެ. ދުނިޔެމަތީގައި ތިމަންނާއަށް ﷲ ތާޢާލާ ބާރު ދެއްވެވިއެވެ. ނަމަވެސް އެބާރު ތިމަންނާ ބޭނުންކޮށްފައިވަނީ ނަހަމަ ގޮތުގައެވެ. އެކަމުގެ ސަބަބުން ތިމަންނާ ހަލާކުވެގެން ހިނގައްޖެއެވެ. 

އެހިނދު ހިފައި ހިލިހިލާ ޖަހައި ނަރަކައިގެ ތެރެއަށް އެއްލައިލުމަށް ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާނެތެވެ. އެމީހުން ނަރަކައަށް އެއްލައިލެވޭނީ 70 ރާސްތާގެ ޗޭނުޖަހައިފައެވެ. 

ގުޅުންހުރި ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު