އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭ ހޮސްޕިޓަލުގެ 14 އެނދުގެ އައު އިމަރޖެންސީ ރޫމްގެ ޚިދުމަތް މިހަފްތާގައި ދޭންފަށަނީ

ހުޅުމާލޭ ހޮސްޕިޓަލުގެ 14 އެނދުގެ އައު އިމަރޖެންސީ ރޫމްގެ ޚިދުމަތް މިހަފްތާގައި ދޭންފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ހުޅުމާލޭ ހޮސްޕިޓަލުގައި އަލަށް ޤާއިމްކުރެވުނު 14 އެނދުގެ ޒަމާނީ އިމަރޖެންސީ ރޫމްގެ މަސައްކަތް ނިމި، މިހަފްތާގައި އާންމުންނަށް ޚިދުމަތް ދޭން ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މި މަޝްރޫޢުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރެވުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ދެ ލައްކައެއްހާ މީހުންގެ އާބާދީއަކަށް ޚިދުމަތްދޭ ހުޅުމާލޭ ހޮސްޕިޓަލުގައި މިހާތަނަށް އިމަރޖެންސީ ޚިދުމަތް ދެމުން އައީ އެންމެ 7 އެނދުގެ ތަނެއްގައި ކަމަށްވާތީ، މިއީ އެ ސަރަހައްދުގެ ރައްޔިތުންނާއި ހޮސްޕިޓަލުގެ މެނޭޖްމަންޓުގެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވާ މައްސަލައެކެވެ.

ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނެރަލް މޫސާ ކަލީމް ޤާސިމް ވިދާޅުވި ގޮތުގައި، "އެނދުގެ ދަތިކަމުގެ ސަބަބުން ކުއްލި ފަރުވާއަށް އަންނަ ބައެއް ފަރާތްތައް އެހެން ހޮސްޕިޓަލުތަކަށް ފޮނުވަން ޖެހިފައިވޭ". އެހެންނަމަވެސް އައު އިމަރޖެންސީ ވޯޑު ހުޅުވުމާއެކު މި ދަތިކަން ހައްލުވެގެންދާނެއެވެ.

އަލަށް ތައްޔާރުކުރެވުނު އިމަރޖެންސީ ވޯޑުގައި ކްރިޓިކަލް ކެއަރގެ އެނދެއް ހިމެނޭގޮތަށް ޖުމްލަ 14 އެނދު ހުންނާނެއެވެ. މިއީ ކުރީގެ އިމަރޖެންސީ ވޯޑާ އަޅާބަލާއިރު ދެގުނައަށްވުރެ ގިނަ އެނދުގެ ޖާގައެވެ.

މި އައު ވަސީލަތް ޤާއިމްކުރެވުމާއެކު، ހުޅުމާލޭގެ ރައްޔިތުންނަށް ފޯރުކޮށްދެވޭ ކުއްލި ޞިއްޙީ ފަރުވާގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު