އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަޝޯޤީގެ މަރާބެހޭ ސީއައިއޭ ރިޕޯޓް ވައިޓް ހައުސް އިން ސިއްރުކުރުމުން ސެނޭޓް ރަތަށް!

ކަޝޯޤީގެ މަރާބެހޭ ސީއައިއޭ ރިޕޯޓް ވައިޓް ހައުސް އިން ސިއްރުކުރުމުން ސެނޭޓް ރަތަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު

ތުރުކީގައި ހުންނަ ސައުދީ އެމްބަސީގައި މަރައިލި ސައުދީ ނޫސްވެރިޔާ، ކަޝޯޤީގެ މަރާބެހޭ ސީއައިއޭ ރިޕޯޓް ވައިޓް ހައުސް އިން ސިއްރުކުރުމުން ސެނޭޓް ރަތަށް އަރައި ރައީސް ޓްރަމްޕާއި ސުވާލުތައް ކުރިމަތިކުރުވަމުން އެބަ ގެންދެއެވެ.

ސެނެޓުގެ ބައެއް މެންބަރުން މިހާރުވަނީ ނޫސްވެރިޔާ މަރާލުމުގައި ސައުދީ ވަލީ އަހުދުގެ ދައުރު ރިޕޯޓުގައި އޮތްގޮތަށް އޮޅުންފިލުވައިދިނުން އެދި ރައީސް ޓްރަމްޕަށް ސިޓީ ވެސް ފޮނުވައިފައެވެ. ދެވަނަ ތަޙްޤީޤަކަށްވެސް ވަނީ ގޮވާލައިފައެވެ.

ޓްރަމްޕް ބުނެފައިވަނީ ސީއައިއޭގެ ރިޕޯޓް ވައިޓް ހައުސްއަށް ލިބިފައިވާ ކަމަށާއި ނަމަވެސް ޢާންމު ނުކުރަނީ އެއީ ސިއްރު ރިޕޯޓަކަށްވާތީ ކަމަށެވެ. ނަމަވެސް ބޮޑަށް ބެލެވެނީ މި ހާދިސާ ހިނގުމާއިއެކު ސައުދީން އެމެރިކާއަށް 100 މިލިއަން ޑޮލަރު ދީފައިވުމުން އަދިވެސް އިތުރަށް ފައިސާ ހޯދަން މަސައކަތް ކުރަނީ ކަމަށް ގިނަ ބައަކު ދަނީ ތުހުމަތުކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް