އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު
ކިތަންމެ ގާތް އެކުވެރިންގެ ގާތުގައިނަމަވެސް ތިމާ ކުރަމުން އަންނަ އުންމީދުތަކުގެ ވާހަކަ ނުދައްކަން ބުނެވުނު ޢަދަދެއްވެސް ނުއެނގެއެވެ. އެކަމަކު އެކަމަށް ސަމާލުކަން ދެވެނީ ހާދަ މަދު މީހަކަށެވެ.
ބައެއް މީހުން ވަޒީފާއެއް ހޯދަން މަސައކަތްފަށާފަ އެވާހަކަ ދައްކައެވެ. ވިޔަފާރިއެއް ފަށަން ހިތަށް އަރާއިރަށްވެސް އަދި ލޯބިވެރިއަކު ލިބުނަސް ނޫނީ ކައިވެނި ކުރަން ހިތަށް އަރާއިރަށްވެސް މިހެންގޮސް ކުރަން ހިތަށް އަރާ ހުރިހާ ކަންކަމުގެ ވާހަކަ އެންމެންގެ ގާތުގައި ދައްކައެވެ. އަހުރެން އަބަދުވެސް މިބުނަނީ މިފަދަ އެއްވެސް ކަމެއްގެ ވާހަކަ އެންމެ ގާތް އެކުވެރިންގެ ގާތުގައިވެސް ނުބުނުމަށެވެ.
ސަބަބަކީ އަނެކާއަށް ހިތްހެޔޮ އިޚްލާޞްތެރިން މަދުކަމެވެ. ކިތަންމެ އެކުގައި އުޅުނަސް ޙަސަދަވެރިން ގިނަކަމެވެ. ހަސަދަވެރިންގެ އެސްފީނާޖެހި ކުރަން މަސައްކަތްކުރާ ކަންކަން ކާމިޔާބު ނުކުރެވޭކަމެވެ. ކާމިޔާބު ނުކުރެވުނީމާ މިވީގޮތަކާއިމެދު ވިސްނައިނުލެވޭކަން އެއީ އެންމެ ދެރަ ކަންތަކެވެ.
ލޮބުވެތި އެކުވެރިންނޭވެ! ހަމަ ޙަޤީޤަތުގައިވެސް މިހާރަކަށް އައިސް 99 އިންސައްތަ ހައި ގިނަ ބައަކަށް އެމީހުންގެ ހުވަފެންތައް ނުވަތަ އުންމީދުތައް ކާމިޔާބު ނުކުރެވެނީ އެމީހުންގެ އަނގައާއިހުރެ ކަމަށް މިބުނަނީ މިބުނި ގޮތަށް ކަންކަން މެދުވެރިވާތީއެވެ. ވީމާ އަނގައަށް ސަމާލުކަންދޭށެވެ. ކުރާ އުންމީދުތަކުގެ ވާހަކަ ހަމަ އެކެއްގެ ގާތުގައިވެސް ނުދައްކާށެވެ!
ލިބޭ ކާމިޔާބީ ލިބުމުން އެނގޭނެއެވެ. އެއީ ހުރަސް އެޅޭނެ ކަމެއް ނޫނެވެ. އަހުރެން ނަބޭޙަތްތެރިވާނީ ކާމިޔާބީ ލިބުނަސް އެކަންކަމުގެ ވާހަކަ ނުދެއްކުމަށެވެ. ދައްކާނަމަ ޙަސަދަވެރިކަން އިތުރުވެގެންދާނެތީއެވެ. އެކަމުގެ ސަބަބުން ލިބުނު ކާމިޔާބީވެސް ގެއްލިދާނެތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
10 ޖޫން 2025