އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަމައެކަނި ސާފު ރަތްކުލައިގެ ފޭރާންލުން ހުއްދައެއް ނޫން!

ހަމައެކަނި ސާފު ރަތްކުލައިގެ ފޭރާންލުން ހުއްދައެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 28 ސިކުންތު

ފޭރާން ލުމުގައިވެސް މޮޅުއިތުރު ގޮތަކީ އެކަމުން ފައިދާކުރާނެ އަދި ހުދަކުލަތަކުގެ ފޭރާންލުމެވެ. އެހެންކަމުން އެއްވެސް އެހެންކުލައެއްގެ ރޮނގެއްވެސް، މަލެއްވެސް ޑިޒައިނެއްވެސް ނެތް ޚާލިޞް ރަތްކުރައިގެފޭރާން ލުމާއިމެދު ދަންނާށެވެ! 

الحمدلله، والصلاةوالسلامعلىنبينامحمدوعلىآلهوصحبهوسلموبعد: 

ފިރިހެނުންނާއި އަންހެނުންނާއި ދެބައިމީހުނަށްވެސް ލިބާހުގެ ކުލައިގައި އަސްލަކީހަލާލެވެ. މާނައަކީ؛ ކޮންމެ ކުލައެއްގެ ލިބާހެއްވެސް އަސްލުގައިހުއްދައެވެ. ނަމަވެސް، ޝަރީއަތުން ވަކި ކުލައެއް މަނާކުރައްވައިފި ނަމަ އެކުލައެއް މަނާވީއެވެ. ކޮންމެ ކުލައެއް ހުއްދަތޯ ބަލާކަށް ނުޖެހޭނެއެވެ. ވަކި ކުލައެއްގެ ސަބަބުން އެއްވެސް ލިބާހެއް މަނާކުރައްވާފައި ވާކަމެއްއިނގޭކަށް ނެތެވެ. ވަކި ކުލައެއް ހަރާމް ވެފައިވަނީ ކާފަރުންނާއި އެއްގޮތްވާތީ، އެމީހުންގެ ޚާއްސަ ފާހަގައެއްކަމުގައި ވާތީ ނުވަތަ އަންހެނުންނާއި ފިރިހެނުން ދެޖިންސުގެ މީހުން އެއް ގޮތް ވާތީ އެފަދަ ސަބަކާއި ހުރެއެވެ. ރީނދޫ ކުލަ ނުވަތަ ޒައުފަރާން ނުވަތަ ޚާލިސް ރަތް ކުލައިގެ ލިބާސް މަނާކުރައްވާފައި ވަނީ އެސަބަބަށްޓަކައެވެ.

އެގޮތުން އެއް ކުލައަކީ ރަތްކުލައެވެ. ابْنِعُمَرَرضياللهعنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسولاللهصلىاللهعليهوسلمހަދީޘްކުރައްވާފައިވެއެވެ. ((نَهَىرَسُولُاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَعَنْالْمُفَدَّمِ)) 

މާނައަކީ: "ރަތްކުލައިގެ ލިބާސް ލުމުން ﷲ ގެ ރަސޫލާ صلىاللهعليهوسلم ނަހީކުރެއްވިއެވެ." މިހަދީޘް ރިވާކުރެއްވީ ابنماجه އެބޭފުޅާގެ سننގައެވެ.

މިހަދީޘްގައި މަނާކުރައްވާފައިވާ ރަތްކުލައަކީ؛ ހަމައެކަނި، ޚާލިޞް، އަދި ސާފު ރަތް ކުލައިގެ ލިބާސް ކަމުގައި ޢިލްމުވެރިންވިދާޅުވެއެވެ. އެހެން އިބާރާތަކުން ދަންނަވަނީ ނަމަ، ރަތްކުލައިގެ ލިބާސް މަނާކުރެއްވިފައިވަނީ މުޅި ލިބާސް ހުސް ރަތްކުލައިން ހުރުމެވެ. ރަތާއިއެކުގައި އެހެން ކުލައެއް ހުރި ނަމަ، ރޮނގެއް ނުވަތަ ގޮޅިއެއް ނުވަތައެހެންވެސް ޑިޒައިނަކާއި އެކުގައި ނަމަ ރަތްކުލައިގެ ލިބާސް ހުއްދައެވެ.  ނުވަތަ ލިބާހުގެ އެއްބައި ރަތް ކުލައިގައި އަދި އަނެއްބައި އެހެންކުލައެއްގައި ހުރިނަމަ ހުއްދައެވެ. 

الْبَرَاءَرضياللهعنه ގެ އަރިހުންރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (( كَانَالنَّبِيُّصَلَّىاللَّهُعَلَيْهِوَسَلَّمَمَرْبُوعًاوَقَدْرَأَيْتُهُفِيحُلَّةٍحَمْرَاءَمَارَأَيْتُشَيْئًاأَحْسَنَمِنْهُ)) 

މާނައަކީ: " މެދުއިސްކޮޅެއްގެ ބޭފުޅެއް ކަމުގައި އިތުރު އެކަލޭގެފާނުން ވިއެވެ. އަދިހަމަކަށަވަރުން ރަތްކުލައިގެ ރިދާކޮޅަކާއި އިޒާރުކޮޅެއް ތުރުކުރައްވައިގެން ހުންނަވަނިކޮށް ތިމަންނާ އިތުރު ކަލޭގެފާނު ދެކުނީމެވެ.  އެކަލޭގެފާނަށްވުރެ ވަކިން ރިވެތި މީހަކު ތިމަންނާ ނުދެކެމެވެ. 

މިހަދީޘްރިވާކުރެއްވީ البخاريއެބޭފުޅާގެ صحيح (18 / 179) ގައެވެ. އެއީ ޔަމަނީލިބާހެކެވެ. އެލިބާސް ހުންނަނީ ރޮނގަކާއި އެކުގައެވެ. ސާފު ރަތެއް ނޫނެވެ. ޕްލޭން ނުވަތަ ސާފު، ޚާލިޞް ރަތްކުލައިގެ ލިބާހަކީ އަންހެނުންގެ ލިބާހެވެ.

واللهأعلموصلىاللهعلىمحمدوآلهوسلم

 

- އައްޝައިޚް އާދަމް ޝަމީމް

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް