އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު
ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގައި ގައްދޫ ދާއިރާ ތަމްސީލުކުރެއްވި އަޙްމަދު ރަޝީދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ދަންނަވައިފިއެވެ.
ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ "إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ އަދި ސިޔާސީ ގިނަ މަސައްކަތްޕުޅުތަކެއް އަޅުގަނޑުމެންނާއެކު ކުރައްވާފައިވާ ލޮބުވެތި އަޚް، އަޙްމަދު ރަޝީދު އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، މަރްޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމެވެ"
މީގެ އިތުރުން ރައީސް މުޢިއްޒު އެ ޕޯސްޓުގައި "މަރްޙޫމް އަޙްމަދު ރަޝީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި އަބަދުމެ ލަހައްޓަވާށިއެވެ. އާމީން" މިފަދައިން ދުޢާ ކުރައްވާފައިވެއެވެ.
އަޙްމަދު ރަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގައި ގައްދޫ ދާއިރާ ތަމްސީލުކުރެއްވި މެންބަރެވެ. އަދި އޭނާއަކީ ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. އަޙްމަދު ރަޝީދުގެ ނިޔާވުމާ ގުޅިގެން ގިނަ ސިޔާސީ ޝަޚްޞިއްޔަތުތަކަކުން ވަނީ ތަޢުޒިޔާ ފާޅުކުރައްވާފައެވެ.
https://x.com/mmuizzu/status/1932364886597906768?s=46&t=xXWWl1GMegXeppP8nS39IQ
Advertisement
10 ޖޫން 2025