އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެފައި ދަމާފައި އެނދުގަ އޮވެ ގަދަ ނިދީގަ ގުގުރި ދަމަމުން ﷲ ގެ ރަޙްމަތްފުޅަށް އެދުމަކީ މޮޔަކަމެއް: މުފްތީ މެންކް

ދެފައި ދަމާފައި އެނދުގަ އޮވެ ގަދަ ނިދީގަ ގުގުރި ދަމަމުން ﷲ ގެ ރަޙްމަތްފުޅަށް އެދުމަކީ މޮޔަކަމެއް: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

އަހަރެމެން ކޮންމެ މީހަކު ވެސް ﷲ ތައާލާގެ ރަޙްމަތްފުޅު ބޭނުންވެއެވެ. އެދޭހައި ކަމެއްއް ހިއްމަވައި ދެއްވެވުމަށްވެސް އެދެމުއެވެ. ތަނަވަސް ކަމާއި މަތިވެރި މަޤާމުތަކާއި މިހެންގޮސް ހުރިހައި ކަންކަން ބޭނުންވެއެވެ. އަދި ނުވިތާކަށް ބޭނުންވަނީ ވެސް ދުނިޔޭގައި ހުރި އެންމެ ރީތި އަންހެން، ފިރިހެން މީހާއެވެ.

މިފަދަ ހުރިހައި ކަންކަމަކަށް އެދިއެދި ހުންނައިރުވެސް އޮންނަނީ އެނދުގައި ދެފައި ދަމައި ގަދަ ނިދީގައި ގުގުރިދަމާށެވެ. ކޮޓަރި އަނދިރިކޮށްފައި ބޮކި ދިއްލާފައި ހުރުމުން ރޭ ދުވާ ވަތްކެއް ނުވެއެވެ. އެއާކޯން ޖަހާފައި ހުންނާތީ އިރު އެރި ނަމަވެސް ޙޫނެއް ނުވެއެވެ. އެގޮތުގައި އޮވެ ނިދާނެހައި އިރަކު ނިދާފައި ތެދުވެ ﷲ ތަޢާލާގެ ޙަޟްރަތުން ހުރިހާ ކަންކަމަށް އެދެން ފަށައެވެ.

މިއީ ކިހައި މޮޔަކަމެއް ހެއްޔެވެ؟ ނޫނީ ކިހައި ހެއްވާ ކަމެއް ހެއްޔެވެ؟ ފަތިސްވެ އިރުއެރީއެވެ. ބަންގީގައި ޢާންމުކޮށް ގޮވާ ކަލިމަތަކުގެ އިތުރުން " الصَّلاَةُ خَيْرٌ مِنَ النَّوْمِ " (ނިދުމަށްވުރެ ނަމާދަށް އައުމުގެ މަތިވެރިކަން މާބޮޑެވެ) ގޮވައިލެވުނު އަޑު ނުވެސް އިވެއެވެ.

މީސަތަކުންނޭވެ! އެހެން ނުހަދާށެވެ! ހިތްވަރެއްކޮށްލާށެވެ! ފުރަތަމަ ﷲ ތަޢާލާގެ އެންގެވުންތަކަށް ބޯލަނބާށެވެ! ﷲ ތަޢާލާއަށް ތިމާ އަދާކުރަންޖެހޭ ކަންކަން ފުރިހަމަ ކުރާށެވެ! އެއަށްފަހު ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދޭށެވެ! 

ބައެއް މީހުން ބުނެއެވެ. ފަތިސް ނަމާދަށް ނުހޭލެވުނީ ނިދުނުލެއް ލަސްކަމުންނެވެ. އެއީ ދެއްކޭނެ ބަހަނާއެއް ނޫނެވެ. ތިބާ ނިދި ވަގުތު އެއީ ތިބާގެ އަމިއްލަ މައްސަލައެކެވެ. ކޮންމެ ވަގުތަކު ނިދި ނަމަވެސް ޖެހޭނީ ފަތިސް ނަމާދަށް ހޭލާށެވެ! އެއީ އުޒުރު ދެއްކެން އޮތް ކަމެއް ނޫނެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާގެ ޙަޟްރަތުން މެނުވީ އަހަރެމެންނަށް އެއްވެސް ނިޢުމަތެއް ނުލިބޭނެއެވެ. ވީމާ ކޮންމެ މީހަކީޥެސް ﷲ ތަޢަލާ އެންގެވި ގޮތުގައި ދުވަސްތައް ހޭދަކުރާ މީހަކަށްވާށެވެ! އެފަދަ މީހަކަށްވުމަށްޓަކައި ފަތިސް ނަމާދުން ދުވަސް ފަށާ މީހަކަށްވާށެވެ!

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް