އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ރިޒޯޓުތަކަކީ ނަސްލީ ތަފާތުކުރުން ބޮޑު ހާލިތަކެއް!

ރާއްޖޭގެ ރިޒޯޓުތަކަކީ ނަސްލީ ތަފާތުކުރުން ބޮޑު ހާލިތަކެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ރާއްޖޭގެ ބައެއް ރިޒޯޓުތަކަކީ ނަސްލީ ތަފާތުކުރުން ބޮޑު ހާލިތަކެއް ކަމަށް ބުނެ ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އެފަދަ މީހުން ބުނަނީ އެއް ވަޒީފާއެއް އަދާކުރާ ދިވެހިންނާއިމެދު ކަންތައް ކުރަނީ ވަރަށް ނިކަމެތިކޮށް ކަމަށެވެ.

މިއަދުނޫހުގައި މިއަދު ޝާޢިއުކުރި ލިޔުމަކާއި ގުޅިގެން މައުލޫމާތު ހިއްޞާކުރި ބައެއް މުވައްޒިފުން ބުނެފައިވަނީ ދިވެހި މުވައްޒިފުންނާއިމެދު ކޮންމެ ގޮތަކަށް ކަންތައްތައް ކުރި ނަމަވެސް ޝަކުވާ ކުރާނެ ފުރުޞަތުވެސް ނުއޮންނަ ކަމަށާއި އެއްވެސް ޝަކުވާއެއްކޮށްފިނަމަ ކޮންމެވެސް ބަހަނާއެއް ދައްކާފައި ވަޒީފާއިން ވަކިކުރާ ކަމަށެވެ. އަދި މަޓީއަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ބެލެނިވެރި ފަރާތް ކަމަށްވީނަމަވެސް މަޓީންވެސް އެކަމަށް އެއްވެސް ސަމާލުކަމެއް ނުދޭ ކަމަށެވެ.

ބައެއް މުވަޒިފުން ބުނެފައިވަނީ ރިޒޯޓުތަކުގައި މުވައްޒިފުން އުޅޭ ހާލަތު ސަރުކާރުންވެސް ނުބަލާ ކަމަށެވެ. "ހަޤީޤަތުގައި ކޮންމެ ބައަކުވެސް އަދި މިހަތަނަށް ދައްކަމުން އަންނަނީ މޮޅު ވާހަކަތައް. އެއްވެސް ކަމެއް ރަނގަޅުކުރާކަށް މަސައްކަތެއް ނުކުރޭ."

ދިވެހިންނަށްވެސް ޙައްޤުތައް ފޯރުކޮށްދޭ ރިޒޯޓުތައް ވަރަށް މަދުން ނަމަވެސް އެބަހުރިކަންވެސް ފާހަގަކުރެވެއެވެ. އެހެންނަމަވެސް އެފަދަ ރިޒޯޓުތަކުގައި މަދު ދިވެއްސަކަށް ނޫނީ އެކަށީގެންވާ މަޤާމެއް ދީފައިނުވާކަން މުވައްޒިފުން ފާހަގަކުރެއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް