އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެ ނަމާދު ދޭތެރޭ ކަސްރަތަށް ދިއުމަކީ ރަނގަޅު ކަމެއް ނޫން!: ޑރ. އިޔާޟް

ދެ ނަމާދު ދޭތެރޭ ކަސްރަތަށް ދިއުމަކީ ރަނގަޅު ކަމެއް ނޫން!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

"ދެ ނަމާދު ދޭތެރޭ ކަސްރަތަށް ހިނގަން ދިއުން ފަދަ ކަންކަން ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ މަޣްރިބް ނަމަދާއި ޢިޝާ ނަމާދާއި ދޭތެރޭގައި ލިބެނީ ވަރަށް ކުޑަ ވަގުތުކޮޅަކަށްވުމުން އެ ވަގުތު ކަސްރަތަށް ދިއުން ފަދަ ކަމެއް ކޮށްފިނަމަ ޢިޝާ ނަމާދުގެ ޖަމާޢަތް ގެއްލިދާނެތީއެވެ. ވީމާ ރަނގަޅު ގޮތަކީ ޢިޝާ ނަމާދުކޮށްގެން ދިއުމެވެ."

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޝައިޚްގެ މި ބަސްފުޅުން އެނގެނީ ކަސްރަތު ކުރުން ފަދަ ކަމަކަށް ދިއަ ނަމަވެސް އަދި ކުޅިވަރެއް ކުޅުން ފަދަ ކަމަކަށް ދިއަ ނަމަވެސް ދާންޖެހޭނީ ޖަމާއަތުގެ ނަމާދު ނުގެއްލޭ ގޮތަށް ކަމެވެ. އިސްކަން ދޭންޖެހޭނީ ނަމާދުކުރުމަށް ކަމެވެ. 

ކަން މިހެން އޮތް ނަމަވެސް ފަތިސް ނަމާދުގެ ބަންގި ގޮވާއިރުވެސް ބައެއް މީހުން ކަސްރަތަށް ހިނގަން ނުކުމެ އުޅޭތަން ފެނެއެވެ. އެކަމުން އެނގެނީ އެމީހުންނަށް ފަތިހު ހޭލެވުނު ނަމަވެސް ފަތިސް ނަމާދު ނުކުރާ ކަމެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ކަސްރަތުކޮށް ހަށިގަނޑަށް ކިތަންމެ ގިނަ ފައިދާތަކެއް ހޯދަން މަސައްކަތް ކުރި ނަމަވެސް ލިބޭނީ ހަމަ ﷲ ތަޢާލާ ދެއްވެވި މިންވަރެކެވެ. ކަސްރަތަކުން ޝިފާއެއް ނުލިބޭނެއެވެ. ޝިފާ ލިބޭނީ ހަމަ ﷲ ތަޢާލާ ދެއްވެވުމުންނެވެ.

ބައެއް މީހުން ދެ ނަމާދު ދޭތެރޭ ކަސްރަތަށް ދާން ޖެހިލުންވަނީ އެ ވަގުތަކީ ޖިންނި ޝައިޠާނުން ގިނަ ވަގުތަކަށްވާތީއެވެ. ބިރުގަންނަންވީ ޖިންނި ޝައިޠާނުން ދެކެ ހެއްޔެވެ؟ ނޫނީ ނަމާދު ފަރުޟު ކުރައްވަވައި ޖަމާއަތުގައި ނަމާދުކުރަން އެންގެވި އަދި އަހަރެމެންނާއި ޖިންނި ޝައިޠާނުންގެ ވެސް ވެރި ﷲ ތަޢާލާގެ ޙަޟްރަތަށް ހެއްޔެވެ؟

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް