އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަމެއް އިޞްލާޙްކުރުމަށް އެންމެ ފުރަތަމަ ވެސް އެޅޭނެ ފިޔަވަޅަކީ ކުށް ޤަބޫލުކުރުން: ޑރ. އިޔާޟް

ކަމެއް އިޞްލާޙްކުރުމަށް އެންމެ ފުރަތަމަ ވެސް އެޅޭނެ ފިޔަވަޅަކީ ކުށް ޤަބޫލުކުރުން: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

"ކަމެއް އިޞްލާޙްކުރުމަށް އެންމެ ފުރަތަމަ ވެސް އެޅޭނެ ފިޔަވަޅަކީ ކުށް ޤަބޫލުކުރުމެވެ. އެކަން ޤަބޫލު ނުކުރެވޭނަމަ ދުވަހަކުވެސް އިޞްލާޙެއް ނާންނާނެއެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ކުށް ކުރެވޭނީ އިންސާނުންނަށެވެ.

ކުށަކީ ކޮބައި ކަމާއި ކުށްކޮށްގެން ނުވާނެކަން އެނގެނީ ހަމައެކަނި އިންސާނުންނަށެވެ. ކަންކަމަށް ވިސްނައި ފިކުރު ކުރުމުގެ ބާރު ﷲ ތަޢާލާ ދެއްވެވީ އިންސާނުންނަށެވެ. އެކަމަށް މިކިޔަނީ ބުއްދީގެ ނިޢުމަތެވެ. ކުށް ކުރުމާއި ކުށަށް އިޢްތިރާފްވުމާއި ކުށަށް ތައުބާވުން ފެށިގެން އައީ އާދަމްގެފާނާއި ޙައްވާގެފާނާއި ހަމައިންނެވެ. "އެދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ!

އަޅަމެންގެ އަމިއްލަ ނަފްސްތަކަށް އަޅަމެން އަނިޔާވެރިވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިނބަ ރަސްކަލާނގެ ފާފަ ނުފުއްސަވައިފި ނަމަ އަދި ރަޙްމަތް ނުލައްވަވައިފިނަމަ، އަޅަމެން ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." (އަލްއަޢްރާފް ސޫރަތުގެ 23) އާދަމްގެފާނު ﷲ ތަޢަލާއަށް ދެންނެވި މި ދެންނެވުން ވެފައިވަނީ އާދަމްގެފާނުގެ ދުޢާ ކަމަށެވެ.

ޔޫނުސްގެފާނު މަހުގެ ބަނޑުގައި އޮންނަވައި ކުރެއްވެވި ދުޢާއަށް ބަލައިލި ނަމަވެސް ފެންނާނީ ހަމަ އެއްކަމެކެވެ. ކުރެއްވެވުނު ކުށަށް އިޢްތިރާފްވެވަޑައިގަތުމެވެ. "---އިނބަ ރަސްކަލާނގެ މެނުވީ، އިލާހަކު ނުވެއެވެ. އިނބަ ރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއެވެ. ހަމަކަށަވަރުން، އަނިޔާވެރިންގެތެރެއިން މިއަޅާވީމެވެ." (އަލްއަންބިޔާ ސޫރަތުގެ 87) މިފަދަ އެތައް ކަމެއް ކީރިތި ޤްރްއާނުން ފެންނަން އެބައޮތެވެ.

މިފަދަ ހުރިހާ ކަމަކުންވެސް އެނގިގެންދަނީ ތިމާއަށް ކުށެއް ކުރެވިފައިވާނަމަ އެކަމެއް އިޞްލާޙްކުރުމަށް އެންމެ ފުރަތަމަ ވެސް އެޅޭނެ ފިޔަވަޅަކީ ކުރެވުނު ކުށް ޤަބޫލުކުރުން ކަމެވެ. އެކަން ޤަބޫލު ނުކުރެވޭނަމަ ދުވަހަކުވެސް އެމީހާގެ އަމަލުތައް އިޞްލާޙް ނުވާނެ ކަމެވެ. ޢާއިލީ ދިރިއުޅުމަށް ބެލި ނަމަވެސް ކުރެވޭ ކުށް ޤަބޫލުކުރުމަކީ ޖެހޭ މައްސަލަތައް ހަލު ކުރުމުގެ ތަޅުދަނޑި ކަމަށް ބެލެވެއެވެ. މަޤާމުގައި ހުރެގެން ހުރެގެން ކުށެއް ކުރެވުނު ނަމަވެސް އިޞްލާޙްވެފައިވަނީ ކުރެވޭ ކުށް ޤަބޫލުކުރާ މީހުންކަން ދަނީ ހާމަވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް