އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެ ނާޒިމްގެ ހުކުމް ރިވިއު ކުރުމުގެ މައްސަލަ އަންގާރަ ދުވަހު

ދެ ނާޒިމްގެ ހުކުމް ރިވިއު ކުރުމުގެ މައްސަލަ އަންގާރަ ދުވަހު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ހުކުމް ރިވިއު ކުރުމުގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންގާރަ ދުވަހު ފަށަން ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފިއެވެ.

ކާނަލް ނާޒިމާއި ކުރީގެ މެމްބަރު ނާޒިމްގެ ހުކުމް ރިވިއު ކުރުމުގެ މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅެންދެން، އެދެބޭފުޅުންގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

އެހެންކަމުން އެދެބޭފުޅުން ވެސް ތިއްބެވީ މިވަގުތު މިނިވަންވެފައެވެ. 

ކާނަލް ނާޒިމް ގެ މައްޗަށް 2015 ވަނަ އަހަރު، 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އޭނާ ދިރިއުޅުއްވަމުން ގެންދިޔަ އެޕާޓްމެންޓުން ފިސްތޯލެއް ފެނުނު މައްސަލައިގައި، ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައެވެ. އެމަނިކުފާނުގެ މައްސަލަ ބެލުމަށް ހަނަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައެވެ.

މެމްބަރު ނާޒިމްގެ މައްޗަށް 2015 ވަނަ އަހަރު އިއްވާފައިވާ ޖަލު ހުކުމް ރިވިއު ކުރުމުގެ މައްސަލައިގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 12:45 ގައެވެ. އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ، ދައުލަތުން މެމްބަރު ނާޒިމްގެ މައްޗަށް ކުރި މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަލައެއްގެ ތެރެއިން އެއް މައްސަލަ ސާބިތުވުމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ