އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެނެޑާގެ ނޫސްވެރިކަން ކުރިއަރުވަން ނޫސްވެރިންނަށް 600 މިލިއަން ޑޮލަރު ޚަރަދުކުރަނީ

ކެނެޑާގެ ނޫސްވެރިކަން ކުރިއަރުވަން ނޫސްވެރިންނަށް 600 މިލިއަން ޑޮލަރު ޚަރަދުކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ކެނެޑާގެ ނޫސްވެރިކަން ކުރިއަރުވަން ނޫސްވެރިންނަށް 600 މިލިއަން ޑޮލަރު (453 މިލިއަން ޔޫއެސް ޑޮލަރު) ޚަރަދުކުރަން ނިންމައިފިއެވެ.

މިފައިސާ ޚަރަދުކުރަން ހަމަޖައްސާފައިވަނީ މީޑިއާތަކުން ދައްކަންޖެހޭ ޓެކްސް ކުޑަކޮށްގެންނާއި އިނާޔަތްތައް ދީގެންނެވެ. މިކަމުގެ އިތުރު ތަފްޞީލުތައް ހާމަކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ބަޖެޓާއިއެކުގައެވެ.

ފައިދާއެއް ނުވާ ގޮތަށް މީޑިއާތަކަށް އެހީގެ ގޮތުގައި ލިބޭ ފައިސާ ހަދިޔާ ކުރާ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުން ހަދިޔާކުރާ ފައިސާއިން ޓެކްސް ނުނެގުމަށްވެސް ވަނީ ނިންމައިފައެވެ.

ސަރުކާރުން ބުނެފައިވަނީ މީޑިއާތަކަށް މިހައި ބޮޑު އިނާޔަތްތަކެއް ދޭން ނިންމީ ޑިމޮކްރަސީއަށް ކުރާ މަސައްކަތްތަކުގައި މީޑިއާއިން އަދަކުރާ ދައުރު އިތުރަށް ފުޅައުކުރަން ފުރުޞަތު ފަހިކޮށްދިނުމަށް ކަމަށެވެ. އަދި އަމިއްލަ އުފެއްދުންތައް އިތުރުކުރުމަށް ހިތްވަރު ދިނުން ފަދަ ކަންކަމަށް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް