އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑެންގޫހުން ފެތުރެނީ: ހަސްފަތާލުތަކާއި ކަމާބެހޭ ފަރާތްތައް ހަނު!

ޑެންގޫހުން ފެތުރެނީ: ހަސްފަތާލުތަކާއި ކަމާބެހޭ ފަރާތްތައް ހަނު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 22 ސިކުންތު

އާންމުންގެ ފަރާތުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި އަނެއްކާވެސް ޑެންގޫހުން ޖެހިގެން ހަސްފަތާލްތަކަށް ގިނަ ބަޔަކު އެބަދެއެވެ. ހޮސްޕިޓަލުތަކުގެ އެނދުތައް ފުރި، ގިނަ ބަޔަކު ހޮސްޕިޓަލުގައި ނުބޭއްވޭ ހިސާބަށް ގޮސްފައި ވާކަމަށް ހަބަރު ލިބެއެވެ.

އާންމުން މިގޮތަށް ބުނި ނަމަވެސް ހޮސްޕިޓަލްތަކަށް ގުޅުމުން މިކަމާ އިންކާރު ކުރެއެވެ. އައިޖީއެމްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޑެންގޫ ހުން ޖެހިގެން އާދަޔާ ހިލާފަށް ގިނަ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް އެ ހޮސްޕިޓަލަށް ދާކަމަށް އެނގިފައި ނުވާކަމަށެވެ. ސަބަބަކީ ރިޕޯތުތަކުން އެކަހަލަ އިޝާރާތެއް ވެފައި ނުވުމެވެ.

ނަމަވެސް، ދެ ދަރިންނަށް ޑެންގޫޖެހިގެން އައިޖީއެމައަށް ދައްކަން ދިޔަ އާންމު ފަރާތަކުން ބުނި ގޮތުގައި، އެނދުތައް ފުރިގެން އެމަޖެންސީގައި ތިބި މީހުން ވާޑަށް އަދި ވާޑުގައި ތިބި މީހުން އެމަޖެންސީއަށް ބަދަލު ނުކުރެވޭ ވަރަށް ހަލަތު ގޮސްފައި ވާ ކަމަށެވެ. ޑެންގޫއަށް ޕޮޒިޓިވްވި ދެ ދަރިންގެ ހާލު އޮޅުންފިލުވުމަށް އަޅުގަނޑު ސުވާލު ކުރުމުން އޭނާ ބުނީ، ދެކުދިންގެ ހާލުވެސް ދެރަ ކަމަށެވެ. ނަމަވެސް، ޑޮކްޓަރަށް ދެއްކުމުން އެކަށީގެންވާ ފަރުވާއެއް ނުދީ، ބޭސްތަކެއް ދީފައި ވަގުތުން ގެޔަށް ފޮނުވާލީ ކަމަށެވެ. 

"އެނދުތަށް ފުރުނީމަ ދެން ގެޔަކަށްނު ފޮނުވާލާނީ ދޯ؟ މީ ހަގީގަތަކީ" ނަން ހާމަނުކުރުމަށް އެދި އެމީހާ ބުންޏެވެ.

އެމީހާ ބުނި ގޮތުގައި އޭޑީކޭގެ ހަލަކީވެސް މިއީއެވެ. އެ ދެކުދިން ފުރަތަމަ ދެއްކީ އޭޑީކޭއަށެވެ. ޓެސްޓް ތަކުން ޑެންގޫ ނޫން ކަމަށް ދެއްކުމުން، ފަހުން އައިޖީއެމްއަށް ދެއްކީ ކަމަށް އޭނާ ބުންޏެވެ. 

މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށް ވެފައި، އެކި ރަށްރަށަށް މީހުން ދަތުރުކުރަމުން ދާއިރު، ބަލިތަކަށް ސަމާލުވުން މުހިންމެވެ.  އަދި ޑެންގޫ ހުން ފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު ދުރާލާ އަޅައި މަދިރި އުފެދުމާއި މަދިރި މަދުކުރުމުގެ މަސައްކަތްތައް އިތުރު ކުރުމަށް އިލްތިމާސް ކުރަމެވެ.ހަމައެހެންމެ ޑެންގޫގެ އަލާމާތްތައް ފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް ހަނދުމަފުޅުކޮށްދެމެވެ. 

މީގެ އިތުރުން ޑެންގޫއަށް ހޭލުންތެރިކުރުވުމަށާއި ބަލި ދެނެގަތުމާއި ފަރުވާފަރުވާކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ކަމާ ބެހޭ އިދާރާތަކާއި ހަސްފަތާލްތަކަށް ގޮވާލަމެވެ. ހުން އިތުރުވަމުންދާ މިންވަރު މޮނީޓާކުރުމަށް އަދި މަދިރި އާލާވާ ތަންތަން ނައްތާލުމަށް ކެމްޕޭންތައް ކުރިއަށް ގެންދިޔުމަށް ވެސް ސަރުކާރުގެ އިދާރާތަކަށާއި ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކަށް ގޮވާލުމެވެ. 

ރެޑް އެލާޓަށް ކަންކަން ދިއުމާ ހަމައަށް ހަނު ތިބުމަކީ ރާއްޖޭގައި އާންމު ކަމަކެވެ. މިއީ އިންތިހާއަށް ހިތާމަކުރާންޖެހޭ ތެދު ހަގީގަތެކެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު