އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެންބަރުކަމަށް ކުރިމަތިލާނެކަން އިއުލާނުކުރީމާ ނޫސްތަކުން ސުރުޚީއެއް ލިބިދާނެ - އަމިއްލަ ރަށުން 16 ވޯޓު ނުލިބޭ މީހުންނަށް އެހެން ދާއިރާއަކުން ވޯޓުލާނީ ކާކު؟

މެންބަރުކަމަށް ކުރިމަތިލާނެކަން އިއުލާނުކުރީމާ ނޫސްތަކުން ސުރުޚީއެއް ލިބިދާނެ - އަމިއްލަ ރަށުން 16 ވޯޓު ނުލިބޭ މީހުންނަށް އެހެން ދާއިރާއަކުން ވޯޓުލާނީ ކާކު؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 58 ސިކުންތު

އިރުވައި މޫސުމަށް ދޮން ދޫނި އަންނަ ފަދައިން މިހާރު މިއޮތީ މަޖިލީހަށް ކުރިމަތިލުމުގެ މޫސުން އައިސްފައެވެ. އެއްބައަކު ހަމަ އިޚްލާޞްތެރިކަމާއިއެކު ނުކުމެ ކުރިމަތިލައި ގެންދަނީ ކެންޕޭނުކުރަމުންނެވެ. އަނެއްބައަކު ފުރުޞަތުގެ ބޭނުން ހިފަނީ ނަން މަޝްހޫރުކޮށްލަން ނޫސްތަކުން ސުރުޚީއެއް ހޯދުމަށެވެ.  

2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުން އަމިއްލަ ޢާއިލާ ދިރިއުޅޭ ރަށުން 16 ވޯޓު ނުލިބުނު މީހުން މޭލެ އާއި އެހެން ބައެއް ދާއިރާތަކަށް ކުރިމަތިލައި ވާދަކުރާނެ ކަމުގެ ސުރުޚީތައް ދަނީ މިހާރުވެސް ދަނީ ފެންނަމުންނެވެ. 

އުންމީދު ކުރެވޭ ގޮތުގައި މަޖިލިސް އިންތިޚާބުގައި ވެސް ރައްޔިތުން ވޯޓު ދޭނީ އަތަށްލައިދޭ ރުފިޔާއަކަށް ނޫނެވެ. ޤައުމާއިމެދު ވިސްނުމަށްފަހުގައެވެ. އެމީހެއްގެ ކިބައިން ޤައުމަށް ކުރާނެ ފައިދާއަށް ބަލައިފައެވެ. މިހައިތަނަށް ރައްޔިތުންނަށް ކޮށްދީފައިވާ ޚިދުމަތަށް ބަލައިފައެވެ. 

ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް އަދި ރާއްޖެއިން އިސްލާމް ދީން ރާއްޖެ ދޫކޮށް އޮޔާދަނިކޮށް އެހާލަތުން ޤައުމު ސަލާމަތް ކުރުމަށް ކެރިގެން ނުކުމެ "ޖިހާދު" ކުރި މުޖާހިދުންގެ މަތިން ރައްޔިތުން ހަނދާން ކުރާނެއެވެ. ޕޯޗްގީޒުންނާއި ދިވެހިންގެ މަދު ބައަކު ބައިވެރިވި ފަދައިން ފާއިތުވި 5 އަހަރު ޤައުމު ފަނާކުރުމުގެ މަސައްކަތުގެ އުޅުނީ ކޮން ބައެއްކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގެއެވެ. މުޅި ދިވެހި ޤައުމާއި ރައްޔިތުން އެންމެ މީހަކަށް "ވެދުންކުރަން" ނުކުމެ މަސައްކަތް ކުރީ ކޮންބައެއްކަންވެސް ވަރަށް ރަނގަޅަށް އެނގެއެވެ. 

ސެޕްޓެމަބަރު 23 ވަނަ ދުވަހު ރައްޔިތުން ނުކުމެ އަމިއްލަ އެދުމުން ފުރިގެންވާ އެ ލަޝްކަރު ބަލިކޮށް ދިވެހި ޤައުމު ދިވެހިންނަށް އަނބުރާ ހޯދުމުން ނުކުމެ އެ ލަޝްކަރުގައި ހުރެގެންވެސް އަހަރެން ޖިހާދުކުރީ ހަމަ ތިއަ ލޮބުވެތި ރައްޔިތުންނާއިއެކުގައި ކަމަށް ކިތަންމެ ބާރަށް ބުނި ނަމަވެސް ރައްޔިތުން މިއަދު އެއަޑެއް ނުއަހާނެއެވެ. އެލަޝްކަރުގައި އަހަރެން ކުރީ ސިޔާސީ ގޮތުން ކަމަށް ބުނި ނަމަވެސް އެ އަޑެއްވެސް ނުއަހާނެއެވެ. އަހައިގެންވެސް ނުވާނެއެވެ.

ދުނިޔެ ދެކެފައިވާ ޚުދުމުޚުތާރު އެންމެ ބޮޑެތި އަނިޔާވެރިން ޤައުމުތަކުގެ ރައްޔިތުންނާއިމެދު އަމަލުކުރި ގޮތަށް ދިވެހި ރައްޔިތުންނާއިމެދު އަމަލުކުރަމުން ދިއައިރު އަތްޖަހައި ހިތްވަރުދީ، އަދި ޤައުމުގެ ބައިތުލްމާލު ހުސްކޮށްލި އިރުވެސް އެކަންކަމުން ފައިދާ ހޯދައި އަތްޖަހަން ތިބި މީހުން މިއަދު ރައްޔިތުން ކުރިމައްޗަށް ނުކުމެ "އެއީ ސިޔާސީ ގޮތުން ކުރި ކަމެއް" ކަމަށް ބުނި ނަމަވެސް ރައްޔިތުން މިއަދު އެކަން ޤަބޫލެއް ނުކުރާނެއެވެ.

އެއެންމެންނަކީ ވެސް ޣައްދާރުންނެވެ. މުޖުރިމުންނެވެ. އެ އެންމެންނަށްވެސް ޖެހޭނީ ހަމަ އިންޞާފާއި ކުރިމަތިލާށެވެ! ބޮޑު ވަގަކު، އިސްލާމް ދީނުގެ ޙުކުމްތަކަށް ގޮންޖަހައި އަމިއްލަ ޙުކުމްތައް ނެރޭ މީހަކު ދިފާޢުކޮށް، އެކަންކަން ނުކުރާ ކަމަށް ހަދައި ރައްޔިތުން ވާވައްދުވައިގެން އިތުރު ފުރުޞަތު ދޭން މަސައްކަތް ކުރި މީހުންނަށް ދޭންޖެހޭ އަދަބުތައް މިހާރު އަމަލުކުރާ ޤާނޫނު އަސާސީންވެސް ހާމައަށް ފެންނަން އެބައޮތެވެ. އަވަސްކުރަންވީ ދައުވާތައް އުފުލުމެވެ!

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް