އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނިސްޓަރ ޝާހިދު އިންޑިއާގެ ރައީސްއާއި ބައްދަލު ކުރައްވައިފި

މިނިސްޓަރ ޝާހިދު އިންޑިއާގެ ރައީސްއާއި ބައްދަލު ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރައްވާފައިވާ ރަސްމީ ދަތުރުފުޅުގައި، އެޤައުމުގެ ރައީސް ރާމްނާތު ކޯވިންދް އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

 

މިނިސްޓަރ ޝާހިދު އާއި ބައްދަލު ކުރެއްވުމަށްފަހު ރާމްނާތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ރާާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ކުރިމަގުގައި ވެސް ވަކިވަކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

 

ފޮރިން މިނިސްޓަރުކަމާއި ހަވާލުވެލެއްވުމަށްފަހު މިއީ ޝާހިދު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެގޮތުން އަވަށްޓެރި އިންޑިއާއަށް ކުރެއްވި މިދަތުރުފުޅުގައި އިއްޔެ މިނިސްޓަރ ވަނީ އެޤައުމުގެ ފޮރިން މިނިސްޓަރ ސުޝްމާ ސްވަރާޖް އާއިވެސް އިއްޔެ ބައްދަލު ކުރައްވައިފައެވެ. އެބައްދަލު ކުރެއްވުމަށްފަހު ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ އުފާވެރިކަމާއި ހިތްހަމަޖެހުން އެމަޝްވަރާތަކުން ފާހަގަ ކުރެއްވުނު ކަމަށެވެ.

 

އިންޑިއާއަށް ފޮރިން މިނިސްޓަރ ކުރައްވާ މިދަތުރުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ