އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތު މީހާއަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ ކިތަންމެ ލަސްކުރި ނަމަވެސް ޖުރުމަނާ ނުކުރެވޭ އުޞޫލު ބަދަލުކުރަންޖެހޭ: ޢަލީ ޙުސައިން

ރައްޔިތު މީހާއަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ ކިތަންމެ ލަސްކުރި ނަމަވެސް ޖުރުމަނާ ނުކުރެވޭ އުޞޫލު ބަދަލުކުރަންޖެހޭ: ޢަލީ ޙުސައިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ރައްޔިތުންނަށް ނުވަތަ އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާ ނުދައްކައި ކިތަންމެ ލަސްކުރި ނަމަވެސް ޖުރުމަނާ ނުކުރެވޭ ނުވަތަ އިތުރު އިނާޔަތެއް ނުދޭ އުޞޫލު ބަދަލުކުރަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޢަލީ ޙުސައިން މިރޭ ވިދާޅުވީ މީރާއަށް ޢާންމު ރައްޔިތަކު ދައްކަން ޖެހޭ ފައިސާ، މީރާއިން ކަނޑައަޅާ މުއްދަތަށް ނުދައްކައިފިނަމަ މީރާއިން ކަނޑައަޅާ ގޮތަކަށް، ކަނޑައަޅާ ޢަދަދުތަކުން ޖުރުމަނާ ދައްކަން ޖެހޭ އިރު ޢާންމު ރައްޔިތުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ ކިތަންމެ ގިނަ ދުވަހެއްވަންދެން ހިފެހެއްޓި ނަމަވެސް އެކަމަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ގޮތަށް ޓެކްސް ނިޒާމުގައި އޮންނަ އޮތުމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

ޢަލީ ޙުސައިން ވިދާޅުވީ ރައްޔިތުން އަތުން ދައުލަތަށް ނަގާ ޓެކްސް ނެގުމުގައި މިހާރަށްވުރެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހެން ޖެހޭ ކަމަށެވެ. "އިސްލާމް ދީނުގައި ޒަކާތް ނެގުމުގައި ވެސް އަމަލުކުރަނީ ވަރަށް ލުއި ފަސޭހަ އުޞޫލުތަކަށް. އެކަންކަން ނަމޫނާއަކަށް ބަލައިގެން ޓެކްސް ނެގުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަ ޖައްސަން ޖެހޭ." ކަމަށްވެސް ޢަލީ ޙުސައިން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް