އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގަ މިލިޓަރީ ބޭސްއެއް ހެދުމުގެ ޝައުޤުވެރިކަމެއް ނެތް - ގެންދަނީ ދިވެހި އަސްކަރިއްޔާއަށް އެހީތެރިވެ ވަރަށް ގާތް ގުޅުމެއް ބާއްވަމުން: ޗައިނާ ސަފީރު

ރާއްޖޭގަ މިލިޓަރީ ބޭސްއެއް ހެދުމުގެ ޝައުޤުވެރިކަމެއް ނެތް - ގެންދަނީ ދިވެހި އަސްކަރިއްޔާއަށް އެހީތެރިވެ ވަރަށް ގާތް ގުޅުމެއް ބާއްވަމުން: ޗައިނާ ސަފީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ރާއްޖޭގައި މިލިޓަރީ ބޭސްއެއް ހެދުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށާއި ޗައިނާއިން މިހާރުވެސް ގެންދަނީ ދިވެހި އަސްކަރިއްޔާއަށް އެހީތެރިވެ ވަރާށް ގާތް ގުޅުމެއް ބާއްވަމުން ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒާންގ ލީޒޯންގ ވިދާޅުވެއްޖެއެވެ.

ސަފީރު މިއަދު ވިދާޅުވީ ޝައިނާ އާއި ރާއްޖޭގެ އަސްކަރިއްޔާގެ މެދުގައި މިހާރުވެސް އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. އަދި ޗައިނާއިން ގެންދަނީ ރާއްޖޭގެ އަސްކަރިއްޔާއަށް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިވަމުން ކަމަށެވެ. 

ސަފީރު ވިދާޅުވީ ދެ ޤައުމުގެ އަސްކަރިއްޔާއިން ގެންދަނީ ގުޅުން ބަދަހިކުރުމުގެ ދަތުރުތައް ކުރަމުން ކަމަށާއި ފާއިތުވި އަހަރުތަކުގައި ކޮންމެ އަހަރަކުވެސް ދިވެހި އަސްކަރިއްޔާގެ ގިނަ ބައަކަށް ޗައިނާއިން ތަމްރީނުދެމުން ގެންދާ ކަމަށެވެ. "ދާދިފަހުންވެސް ވާނީ ހުރިހާ އިކްއިޕްމަންޓަތަލާއެކު އެމްއެންޑީއެފަށް ސީއެމްބިޔުލާންސެއް ވެސް ހަދިޔާކޮށްފަ. އެއީ ޞިއްޙީ މައްސަލަތަކުގަ އެއްތަނުން އަނެއްތަނަށް އުފުލަން ޖެހޭ މީހުން ސަލާމަތް ކަމާއިއެކު އުފުލަން އެހީތެރިވުމަށް ކުރި ހަދިޔާއެއް. 

ސަފީރު ވިދާޅުވީ ޗައިނާއިން ދިވެހި އަސްކަރިއްޔާއަށް އެހީތެރިވަމުން ގެންދިއަ ނަމަވެސް އެއްވެސް މަރުހަލާއެއްގައި ރާއްޖޭގައި ޗައިނާގެ އަސްކަރީ ބޭސްއެއް ހަދަން ހުށަހަޅާފައިވެސް ނުވާނެ ކަމަށެވެ. އަދި ޗައިނާގެ ފަތުރުވެރިންނަށް ރާއްޖޭގައި މައްސަލަތައް ކުރިމަތިވުމުން ރާއްޖޭގެ ކޯސްޓްގާޑުން އެހީތެރިވެދެމުން ގެންދާކަން ފާހަގަކުރައްވާ ކަމަށެވެ. ހަމަ އެއާއިއެކު ހުރިހާ ދާއިރާތަކުން ދެ ޤައުމުގެ މެދުގައި ގުޅުންތައް ބަދަހިކުރެވެމުން އަންނައިރު އަސްކަރީ ގުޅުމަކީވެސް މުހިންމު ގުޅުމެއް ކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.

ދިވެހި ސިފައިން ގެންދަނީ ޗައިނާގެ އަސްކަރިއްޔާ އާއި ގުޅިގެން ތަމްރީނުތައް ހަދަމުންނެވެ. އެއިގެ ތެރޭގައި ކަނޑުމަތީގެ ތަމްރީނުތައްވެސް ހިމެނެއެވެ. މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާ އާއި ގުޅިގެންވެސް ޗައިނާގެ ނޭވީން ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް