އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް. ޑަބްލިޔޫ ބުޝް އަވަހާރަވެއްޖެ

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް. ޑަބްލިޔޫ ބުޝް އަވަހާރަވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

މެދުއިރުމައްޗަށް މިހާރު ކުރިމަތިވެފައިވާ ނިކަމެތި ހާލަތު ކުރިމަތިކުރުވި އެމެރިކާގެ ރައީސް ޖޯޖް އެޗް.ޑަބްލިޔޫ ބުޝް ރޭ އަވަހާރަވެއްޖެއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 94 އަހަރެވެ. މީގެ 8 މަސްކުރިން އަނބިކަނބަލުން ބާބަރާ ބުޝް ވެސް ވަނީ އަވަހާރަވެފައެވެ.

އެމެރިކާގެ 41 ވަނަ ރައީސް، ޖޯޖް ބުޝް އެމެރިކާގެ ރައީސްކަން ކުރައްވާފައިވަނީ 1983 އިން 1993 އަށެވެ. މެދުއިރުމަތީގެ ބާރު ކަނޑުވާލެވެން އޮތީ ބައިބައިކޮށްލައި ބާރުގަދަ ޤައުމުތައް ނިކަމެތިކޮށްލައިގެންކަމަށް ޤަބޫލުކޮށް ޔަހޫދީން މެދުއިރުމައްޗަށް ދިން އެންމެ ބޮޑު އެއް ގެއްލުމަކީ އިރާޤްގެ ބާރު ދުއްވައިލުމެވެ. އެމެރިކާއިން އިރާޤާއިމެދު ކުރި ތުހުމަތުތަކަކީ އެއްވެސް ޙަޤީޤަތެއްގެ މައްޗަށް ބުރަވެ ކޮށްފައިވާ ތުހުމަތުތަކެއް ނޫންކަން ވަނީ ސާބިތުވެފައެވެ.

އިރާޤްގެ ސިފައިން ކުވައިތަށް އެރި މައްސަލައިގައިވެސް ފަހުން އެނގުނު ގޮތުގައި އެކަމަށް އިރާޤަށް ހިއްވަރުދީފައިވަނީ އެމެރިކާއިންނެވެ. އެމެރިކާ އިސްވެ އޮވެ އިރާޤާއި ދެކޮޅަށް ކުރި ހަނގުރާމައަކީ ދުރާލައި ރާވައިގެން އިރާޤްގެ އަސްކަރީ ޤާބިލުކަން ނައްތައިލުމަށް ކުރި ހަނގުރާމައެއްކަން ވެސް ފަހުން ވަނީ ސާބިތުވެފައެވެ. މެދުއިރުމަތީގެ މައްސަލަތައް ދިރާސާކުރާ މީހުން ބުނާ ގޮތުގައި މިހުރިހާ ކަމެއް އެމެރިކާއިން ކުރީ މެދުއިރުމަތި ބައިބައިކޮށް ހަނގުރާމަތައް ކުރުވައި މުސްލިމުން ނިކަމެތި ކުރުވުމަށް ޔަހޫދީން ކުރިއާލައި ރާވައިގެންނެވެ.

އިރާޤް ހަނގުރާމައިން އެމެރިކާ ވަނީ އެތައް ހާސް ބިލިއަން ޑޮލަރުގެ މާލީ މަންފާ ހޯދައިފައެވެ. އަދި މިހާރުވެސް ސައުދިއަރަބިޔާއިން އެގެންދަނީ އެމެރިކާއަށް ޖިޒީ ދައްކަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް