އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން ނުލިބިގެން 3 ދަރިން ބަލަން ހަވާލުވިތަނާ އެއްމާބަނޑު 3 ދަރިން ދެއްވަވައިފި!

ދަރިން ނުލިބިގެން 3 ދަރިން ބަލަން ހަވާލުވިތަނާ އެއްމާބަނޑު 3 ދަރިން ދެއްވަވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ދެމަފިރިންގެ ކައިވެންޏަށް 3 އަހަރުވީއިރުވެސް ދަރިއަކު ނުލިބުމުން އެކިއެކި ހޮސްޕިޓަލުތަކަށް ގޮސް ޑޮކްޓަރުންނާއި މަޝްވަރާކޮށް ދަރިއަކު ލިބޭތޯ ކުރި މަސައްކަތުންވެސް އެއްވެސް ނަތީޖާއެއް ނުފެނުނެވެ. އެހިސާބުން ދެމަފިރިން ނިންމީ އެހެން މީހުންގެ ދަރިން ގެންގުޅެ ބޮޑު ކުރުމަށެވެ.

އެގޮތުން ޤާނޫނީ ބެލެނިވެރިކަމާއިއެކު ކުއްޖަކު ހޯދަން އެކި އެޖެންސީތަކަށް ހުށަހަޅަމުން ދަނިކޮށް އެކުއެކުގައިހެން 3 އެޖެންސީއަކުން 3 ކުދިން ހަމަޖައްސައި ދިނުމުން ދެމަފިރިން ނިންމީ 3 ކުދިންނާއިވެސް ޙަވާލުވުމަށެވެ.

3 ކުދިންނާއި ހަވާލުވެ 3 ކުދިން ބަލަހައްޓަން ފެށިތާ މަހެއްހައި ދުވަސްވީތަނާ އަނބިމީހާގެ ކިބައިން އާދައާއި ޚިލާފް ކަންތައްތަކެއް ފެންނަން ފެށުމުން ޑޮކްޓަރަށް ދެއްކުމުން ސްކޭންކޮށްފައި ޑޮކްޓަރު ދިން މެސެޖުން ދެމަފރިންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާ އިނީ އެއްމާބަނޑު 3 ކުދިންނަށް ބަލިވެއެވެ. އަންހެން މީހާ މިހާރު ވަނީ ލޯބިލޯބި 3 ކުދިން ވިހައިފައެވެ. ދެމަފިރިންނަކީ މިހާރު 6 ކުދިންގެ މަންމަ އާއި ބައްޕައެވެ. އުންމީދަކީ 6 ދަރިންވެސް ބަލައި ބޮޑުކުރުމެވެ. އެހެންކަމުން ދެމަފިރިންނަކީ ދުނިޔޭގައި ތިބި އެންމެ "ބިޒީ" މަންމަ އާއި ބައްޕަގެ ތެރޭގައި ހިމެނޭ އެއް ދެމަފރިންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް