އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާއަށް ތާއީދު ނުކުރި ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ޗައިނާއިން ލިބޭ ކުރިއެރުން ފާހަގަކުރަން ޖެހޭނެ: ސަރަނގު އާދަމް މަނިކު

ޗައިނާއަށް ތާއީދު ނުކުރި ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ޗައިނާއިން ލިބޭ ކުރިއެރުން ފާހަގަކުރަން ޖެހޭނެ: ސަރަނގު އާދަމް މަނިކު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

އެމީހަކު ތާއީދުކުރަން ބޭނުން ނޫން ނަމަ ޗައިނާއަށް ތާއީދު ނުކުރި ނަމަވެސް ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބެމުން އަންނަ ކުރިއެރުން ފާހަގަކުރަން ޖެހޭނެ ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރ ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.

އާދަމް މަނިކު މިމޭރުމުން ވިދާޅުވެފައިވާއިރު ފާއިތުވި 8 އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރި އެއް ޤައުމުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ޗައިނާއެވެ. އެހެން ޤައުމުތަކުން ތަފާތު ބައްދަލުވުންތަކުގައި އެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރާނެ ކަމަށް ބުނި ނަމަވެސް 8 އަހަރުވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާގެ 2 ހެލިކޮޕްޓަރާއި މެދުވެސް އާދަމް މަނިކު ވަނީ ސުވާލު އުފައްދަވައިފައެވެ. "އެއީ ރާއްޖެއަށް ދީފައިވާ ހަދިޔާއެއްނަމަ ދުއްވަން ބޭނުންވާނެ ދިވެހިން ތަމްރީނު ނުކުރަނީ ކީއްވެތޯ؟ އާއި އިންޑިއާ ސިފައިން ފުރަގަހުން ރާއްޖެއަށް ވަންނަން ބޭނުންކުރާ ދޮރެއް؟" ކަމާއިމެދުވެސް އާދަމް މަނިކު ވަނީ ސުވާލު އުފައްދަވައިފައެވެ.

ސަރަހައްދުގެ ޤައުމުތަކަށްބަލާއިރު ބޮލަކަށް ޖެހޭ ނިޞްބަތް އެންމެ މަތީގައި ހުރި ޤައުމަކީ ރާއްޖެ ކަމަށްވާއިރު އެހެން ޤައުމުތަކަށް "ސަލާން ނުޖަހައި" އުޅެވޭވަރު ވާންޖެހޭނެ ކަމަށްވެސް އާދަމް މަނިކު ވަނީ ވިދާޅުވެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް