އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުގެ ބޮޑު ހަދިޔާއެއް!: އަލިފާން ނިއްވަން ބޭނުންކުރާނެ 3 ސައިކަލް ހަދިޔާކުރީ ދިރާގުން!

ދިރާގުގެ ބޮޑު ހަދިޔާއެއް!: އަލިފާން ނިއްވަން ބޭނުންކުރާނެ 3 ސައިކަލް ހަދިޔާކުރީ ދިރާގުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

އަލިފާނުގެ ހާދިސާތަކުން ސަލާމަތްވުމަށް ދިރާގުން ބޮޑު ހަދިޔާއެއްކޮށްފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް މިއަދު ވިދާޅުވީ އެމްއެންޑީއެފުން އަލިފާން ނިއްވަން ބޭނުންކުރަން ދިރާގުން ވަނީ 3 ސައިކަލް ހަދިޔާކޮށްފައި ކަމަށާއި މިއީ ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ. "އަލިފާނުގެ ހާދިސާއެއް ހިނގުމުން ބޮޑެތި ވެހިކަލްގައި ބާރަށް ދުއްވާފައި ދިއުމަކީ މާލޭގެ މަގުތަކުގެ ކާރޫބާރޫ ބޮޑުކަމުން މިހާރު އެހައި ފަސޭހަ ކަމެއް ނޫން. ނަމަވެސް ސައިކަލްތަކުގައި ވަރަށް ބާރަށް ފަސޭހަކަމާއިއެކު ދަތުރު ކުރެވޭނެ." 

ސައިކަލްތަކުގައިދާއިރު މާގިނަ އަދަދެއްގެ ފެން ނުގެންދެވުނު ނަމަވެސް ޙާދިސާއެއް ހިނގުމުން އަވަހަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށޭނަމަ ލިބޭނެ ގެއްލުން ވަރަށް ބޮޑުތަން ކުޑަކުރެވޭނެއިރު މިއީ ވަރަށް މުހިންމު ޚިދުމަތެއްކަން ފާހަގަކުރެވެއެވެ.

އެހެންކަމުން މިޚިދުމަތް ވެގެންދާނީ އަލިފާން ނިއްވުމުގެ މަސައްކަތަށްލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ޝިޔާމް ވަނީ ފާހަގަކުރައްވައިފައެވެ. ޝިޔާމް ވިދާޅުވީ މާލެ ސިޓީގައި ބޭނުންކުރަންވެސް އިތުރު ސައިކަލްތައް ތަޢާރަފް ކުރައްވާނެ ކަމަށާއި އަދި ޜާއްޖެ ތެރެއަށްވެސް ޚިދުމަތް ފުޅައުކުރައްވާނެ ކަމަށެވެ. 

ސައިކަލަތައް ދިރާގުން ހަދިޔާކޮށްފައިވާއިރު ސައިކަލްގައި ދާއިރު ފުރަގަހުގައި އަޅުވާ ބެކްޕެކް ހަދިޔާކޮށްފައިވަނީ ޔުނިސެފުންނެވެ. ސައިކަލްގައި ހަރުކޮށްފައި ހުންނަ ވަސީލަތްތައް ހަދިޔާކޮށްފައިވަނީ ސޭވިއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. މިހުރިހާ ފަރާތްތަކަށް ޝިޔާމް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް