އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖުމްހޫރީ ޕާޓީން ވާނީ ކޯލިޝަން ބަދަހިކުރުމަށްޓަކައި ޖޭޕީއަށް ލިބެން އޮތް އިންސައްތަ ވެސް ކުޑަކޮށްފައި: ސަމީރު

ޖުމްހޫރީ ޕާޓީން ވާނީ ކޯލިޝަން ބަދަހިކުރުމަށްޓަކައި ޖޭޕީއަށް ލިބެން އޮތް އިންސައްތަ ވެސް ކުޑަކޮށްފައި: ސަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

ޖުމްހޫރީ ޕާޓީން ވާނީ ކޯލިޝަން ވަރުގަދަކޮށް ކޯލިޝަނުގެ ގުޅުން ބަދަހިކުރުމަށްޓަކައި ޖޭޕީއަށް ލިބެން އޮތް އިންސައްތަ ވެސް ކުޑަކޮށްފައި ކަމަށް ސެކެޓްރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ. 

ސަމީރު މިރޭ ވިދާޅުވީ ފުރަތަމަ މަޝްވަރާ ކުރެވުނީ ކޯލިޝަނުގެ 30 އިންސަތަ ޖުމްހޫރީ ޕާޓީއަށް ލިބޭ ގޮތަށް ކަމަށާއި ނަމަވެސް 5 އިންސައްތަ ދޫކޮށްލައި 25 އިންސައްތަ ޤަބޫލުކުރީ ކޯލިޝަނުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމަށްޓަކައި ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން އެއިރުވެސް މިހާރުވެސް މަސައްކަތް ކުރަމުން ގެންދަނީ މައްސަލަތައް ހައްލުކޮށް ހުރިހާ ކަމެއްވެސް މަޝްވަރާގެ އުޞޫލުން ކުރުމަށް ކަމަށެވެ. 

ސަމީރު ވިދާޅުވީ މިއަދު އެކި ގޮތްގޮތަށް ވާހަކަ ދެކެވުނު ނަމަވެސް ކޯލިޝަން އެއްބަސްވުމުގެ ހުރިހާ ކަންކަން ނިންމާފައިވާނީ މަޝްވަރާކޮށް 4 ލީޑަރުންގެ ފަރާތުން އެއްބަސްވެވޭ ގޮތަށް ކަމަށެވެ. "ހުރިހައި ކަންކަން ވެސް އެންމެ ބޮޑަށް ނިންމާފައިވާނީ އިތުބާރުގެ މައްޗަށް. 4 ލީޑަރުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮވެގެން. އިތުބާރު އޮތްވަރު ނިކަން ބައްލަވަ! އެއް ލީޑަރަކު ވިދާޅުވީ އަނެއް 3 ލީޑަރުން އެއްބަސްވެވަޑައިގެންފިނަމަ އެއްވެސް މައްސަލައެއް ނެތް ކަމަށްވެސް.!" 

ސަމީރު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ގެންދާނެ ކަމަށެވެ. އަދި ކޯލިޝަނުގެ އެއްބަސްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފުރިހަމައަށް އަމަލުކުރައްވާނެ ކަމުގެ ޔަޤީންކަން ޖުމްހޫރީ ޕާޓީއަށް އެބައޮތް ކަމަށެވެ. 

"ސަމީރު ވިދާޅުވީ ކިތަންމެ ރީތި އިބާރާތްތަކުން ވާހަކަ ދެއްކި ނަމަވެސް ޙަޤީޤަތަކީ ރައީސް ޔާމީނުގެ ވެރިކަން ނިމުނުއިރު ޚަޒާނާ ހުސްވެފައިވުން ކަމަށެވެ. "ޚާރިޖީ ވަޒީރު އެގެންދަވަނީ އެކަން ހައްލުކުރައްވަން ޤައުމުތަކަށް ދަތުރުފުޅުތައް ކުރައްވަމުން. އަދި ނަތިޖާވެސް ނެރުއްވަމުން. މިއީ މައްސަލަތައް އުފައްދައި ދެބަސްވާންވީ ވަގުތެއް ނޫން. އެންމެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެއްބާރުލުން ދީގެން ވެރިކަން ނަގަހައްޓައި ދަމަހައްޓަން މަސައްކަތް ކުރަންވީ ވަގުތު" ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް