އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޞާލިޙްގެ އަރިހަށް އިންޑިޔާ ސަފީރު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރައީސް ޞާލިޙްގެ އަރިހަށް އިންޑިޔާ ސަފީރު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު  އަރިހަށް އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ އަކިލޭޝް މިޝްރާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން މިސް ރީޓީ މިޝްރާ، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، އަކިލޭޝް މިޝްރާއާ ދެބޭފުޅުންވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ޓެކްނޮލޮޖީގެ ދާއިރާއާއި، ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމާއިގުޅޭގޮތުންނާއި، ކުޅިވަރުގެ ދާއިރާއާއި، ގެދޮރު އިމާރާތްކުރުމާއި، ޢުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ ދާއިރާގެ އިތުރުން ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާއިބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ހިޒް އެކްސެލެންސީ މިސްޓަރ އަކިލޭޝް މިޝްރާ ދެއްކެވި ވާހަކަފުޅުގައި، އާސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ކާމިޔާބުކަމާއެކީ ފުރިހަމަކޮށްދިނުމުގައި، އިންޑިޔާއިން އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައެވެ. އަދި، އިންޑިޔާގެ ސަފީރުގެ ވާހަކަފުޅުގައި، އާސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ފުއްދުމުގައި އެކުގައި މަސައްކަތްކުރުމަކީ ރާއްޖެއާއި އިންޑިޔާގެ ގުޅުމަށް އިތުރުކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަމުގައިވެސް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު