ފަތިސް ނަމާދު ނުކޮށް ޢީދު ނަމާދުކުރަން ދަނީ އަޅުކަމެއް ކުރަން ހެއްޔެވެ؟ ނޫނީ އާ ހެދުން ދައްކަން ހެއްޔެވެ؟

ފަތިސް ނަމާދު ނުކޮށް ޢީދު ނަމާދުކުރަން ދަނީ އަޅުކަމެއް ކުރަން ހެއްޔެވެ؟ ނޫނީ އާ ހެދުން ދައްކަން ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

އެއް ފަހަރަކު ދިމާވި ކަމެއް ކިޔައިދެން ހެއްޔެވެ! އެމެރިކާއަށް ކުރި ދަތުރެއްގައި އިމާމްވެ ޢީދު ނަމާދެއް ކުރަން ޖެހުނެވެ. ނަމާދަށް ފަށަން ގާތްވެފައިވަނިކޮށް އެކަން އިންތިޒާމުކުރި މީހާ މައިކް ނަގައި އެނައުންސް ކުރިއެވެ. "މީސްތަކުން ސަމާލުވާށެވެ. ޢީދު ނަމާދު ކުރަން ފަށަން ދާދި ގާތްވެއްޖެއެވެ. މިތަނުގައިތިބި ފަތިސް ނަމާދު ނުކުރާ މީހުން ތެދުވެ އަވަހަށް ފަތިސް ނަމާދުކުރާށެވެ."  

އެއީ ހެނދުނު 8.30 ހައި އިރެވެ. އެހެންކަމުން އަހަރެން ހީކުރީ ފަތިސް ނަމާދުކުރަން ތެދުވާނީ ވަރަށް މަދު މީހެއް ކަމަށެވެ. އެހެންވެ އެ އަދަދު ބަލަން ފުރަތަމަ މާ ބޮޑު ސަމާލުކަމެއް ނުދެމެވެ. ނަމަވެސް އިރުކޮޅަކުން ތެދުވެ ފަހަތް ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. ގިނަ ބައަކު ތެދުވެ ފަތިސް ނަމާދު ކުރަނީއެވެ. ފަތިސް ނަމާދު ނުކުރި ނަމަވެސް ނުތެދުވާ ގިނަ ބައަކުވެސް ތިބޭނެކަން އެހިސާބުން ޤަބޫލުކުރެވުނެވެ!

މިފަދަ ޖަމާއަތެއްގައި މިފަދަ އެންގުމެއް އެންގުމުން ތެދުވެރިކަމާއިއެކު އަމަލުކުރާނަމަ މިހާރު ބުނަން ޖެހޭނީ 95 އިންސައްތަ މީހުންނަށް ޖެހޭނީ ފަތިސް ނަމާދުކުރަން ކަމަށެވެ. މިޖެހެނީ ކޮންތަނެއްގައި ހެއްޔެވެ؟ މުސްލިމުންގެ ޙާލަތު މިހިސާބަށް ދިއުމުން މިއަދުގެ މުސްލިމުންގެ މުސްލިމްކަން އޮތީ ކިހައިހިސާބެއްގައި ހެއްޔެވެ؟ ﷲ ތަޢާލާ ފަރުޟު ކުރެއްވެވީ ފަތިސް ނަމާދެވެ. ޢީދު ނަމާދަކީ ސުންނަތެކެވެ.

ފަރުޟު އަދާނުކޮށް ސުންނަތް ނަމާދެއް ކުރަން ތިއަ ދިއައީ ކީއްކުރަން ހެއްޔެވެ؟ ކޮން އިމާމަކު ބުނެގެން ހެއްޔެވެ؟ ﷲ ތަޢާލާއަށް ބިރުން ނަމަ ނުވަތަ ﷲ ތަޢަލާ އެންގެވި ގޮތަށް އަމަލުކުރާނަމަ ފުރަތަމަ ކުރަން ޖެހޭނީ ފަތިސް ނަމާދެވެ. ކުރިންވެސް ބުނި ފަދައިން ފަރުޟު ކުރެއްވެވީ ފަތިސް ނަމާދެވެ. ޢީދު ނަމާދެއް ނޫނެވެ. އެހެންކަމަށްވީއިރު ފަތިސް ނަމާދު ނުކޮށް ޢީދު ނަމާދުކުރަން ދަނީ އަޅުކަމެއް ކުރަން ހެއްޔެވެ؟ ނޫނީ އާ ހެދުން ދައްކަން ހެއްޔެވެ؟ 

މި ދަރުސުން ޢިބްރަތެއް ޙާޞިލުވި ނަމަ ދެން އަންނަ ޢީދަކަށް ކަންކަން އިޞްލާޙްކޮށްލާށެވެ!

އިމާމް ސިރާޖް ވައްހާޖްގެ ދަރުސަކުން

 

 

އާރޓިކަލް ރޭޓްކުރައްވާ


100%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް