އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއޭޕީޑީ އިން ދުނިޔޭގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި!

އެމްއޭޕީޑީ އިން ދުނިޔޭގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރަމުން އަންނަ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް އަދި ވޯލްޑް ސެރެބްރަލް ޕަލްެސީ ޑޭ (ސީޕީ ޑޭ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ދިވެހި ޖަމްއިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސްއެބިލިޓީ (އެމްއޭޕީޑީ) އިސްވެ ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ދިރާގުން ސަޕޯޓު ކުރި މި އިވެންޓު އެމްއޭޕީޑީން ކުރިއަށް ގެންދިޔައީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިވެންޓް އޭރިޔާއެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ކުރީގެ ފަރުކޮޅުފުށި ރިޒޯޓުގައި އެވެ.

ޓްރީޓޮޕް ހޮސްލިޓަލް، ސެނެހިޔާ އަދި އައިސީޕީގެ ސްޕެޝިއަލިސްޓުން ވަނީ މި ހަރަކާތުގައި ބައިވެރިވެ، ނުކުޅެދުންތެރި ފަރާތްތަކަށް ބޭނުންވާ ތެރެޕީތަށް ހިލޭ ދެއްވާފައި އެވެ. މީގެ އިތުރުން، އެ ފަރާތްތަކަށް ހާއްސަ ގޭމްތައް ކުޅުމުގެ ފުރުސަތު ވެސް ވަނީ މި އިވެންޓު ތެރޭން ލިބިގެން ގޮސްފައި ވެއެވެ. 

މި އިވެންޓުގައި ދިވެހިރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓާރ އައިޝަތު ނަހުލާ ވަނީ ބައިވެރިވެވަޑައިގެން، އެމްއޭޕީޑީގެ ހާއްސަ ވެބްސައިޓެއް ލޯންޗުކޮށްދެއްވާފައި އެވެ. 

މީގެ އިތުރުން އެކަމަނާ ވަނީ އިވެންޓުގައި ބައިވެރިވި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޝަކުވާތައް އަޑުއަހައި، އެކަންކަމަށް ސަރުކާރުގެ ފަރާތުން ހައްލެއް ހޯދައި ދޭނެ ކަމަށް ވައުދުވެ ވަޑައިގެންފައި އެވެ.

އެމްއޭޕީޑިން ކޮންމެ އަހަރަކުވެސް މިދުވަސް ފާހަގަކުރާއިރު، މި އަހަރު ކުރިއަަށް ދިޔަ އިވެންޓުގަައި މިނިސްޓާރ އައިޝާ ވަނީ އިވެންޓުގެ ބައިވެރިންނާއި އެކު ފޮޓޯވެސް ނަންގަވާފައި އެވެ.

މި އިވެންޓު ނިންމާލާފައި ވަނީ އިވެންޓުގެ ބައިވެރިންނަށް ހާއްސަ ކުރެވުނު ބާބަކިޔުއަކުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު