ﷲގެ މިތުރަކަށް ވާން ބެނުންހެއްޔެވެ؟ އެންމެ 2 ކަންތަކުގައި ސާބިތުވުމުން މަޤްޞަދު ޙާޞިލުކުރެވޭނެކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ!: މުފްތީ މެންކް

ﷲގެ މިތުރަކަށް ވާން ބެނުންހެއްޔެވެ؟ އެންމެ 2 ކަންތަކުގައި ސާބިތުވުމުން މަޤްޞަދު ޙާޞިލުކުރެވޭނެކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 17 ސިކުންތު

ތިބާއަކީ ﷲ ތަޢާލާގެ މިތުރަކަށް ވާން ބޭނުންތޯ ސުވާލުކޮށްފިނަމަ ކޮންމެ މީހަކުވެސް ފުންމައިގެން ގޮސް އާނއެކޭ ބުނާނެއެވެ. ﷲ ތަޢަލާގެ މިތުރަކަށް ވުމަށް ކުރަންޖެހެނީ އެންމެ 2 ކަމެއް ކަމަށް ބުނެފިނަމަ އެއީ ކޮން 2 ކަމެއްކަން އޮޅުންފިލުވަން އެންމެންވެސް ޝައުޤްވެރި ވާނެއެވެ.

އަވަހަށް ޔޫނުސް ސޫރަތުގެ 62 ވަނަ އާޔަތް ބަލައިލާށެވެ! ﷲ ތަޢާލާ ވަރަށް ސާފު އިބާރާތުން ބަޔާން ކުރައްވަވާފައި އެވަނީ ހަމަކަށަވަރުން ﷲ ތަޢާލާގެ މިތުރުންނަށް އެއްވެސް ބިރެއް ނެތް ކަމަށެވެ. އަދި އެމީހުންނަކީ ހިތާމަކުރާނޭ ބައަކު ކަމުގައިވެސް ނުމެވާނެ ކަމަށެވެ. ދެން 63 ވަނަ އާޔަތަށް ބަލައިލާށެވެ. އެ އާޔަތުގައި ވަޙީ ކުރައްވަވާފައި އެވަނީ "އެއުރެންނީ އީމާންވެ، ތަޤްވާވެރިވެ އުޅުނު މީހުން ކަމުގައެވެ." 

ވީމާ ﷲ ތަޢަލާގެ މިތުރަކަށް ވުމަށް ބޭނުން މިވަނީ އެންމެ ދެ ކަމެކެވެ. އެއީ ﷲ ތަޢާލާއަށް އީމާންވުމާއި ތަޤްވާވެރިވުމެވެ. އީމާންވުމަށް ކުރަން މިޖެހެނީ 2 ކަމެކެވެ. އެއީ ހަމައެކަނި ﷲ ތަޢާލާއަށް އަޅުކަން ކުރުމާއި މުޙައްމަދު ރަސޫލް (ޞޢވ) ގެ ސުންނަތަށް އަމަލުކުރުމެވެ. ތަޤްވާވެރިވުމަކީ ކޮބައިތޯ ބަލާއިރު އެއީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް އަމަލުކުރުމެވެ. ކުރަން އަންގަވާފައިވާ ކަންކަން ކުރުމާއި ނުކުރަން އެންގެވި އެއްވެސް ކަމެއް ނުކުރުމެވެ.

މިއީ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ކުރެވޭނެ ކަންކަމެވެ. ﷲ ތަޢާލާގެ މިތުރަކަށް ވުމަށް އެދޭމީހާއަށް މި 2 ކަންތަކަކީ ކުރަން ހަމަ އެއްވެސް ކަމަކަށް ނުވާނެއެވެ. މާނައަކީ އެއްވެސް ބުރަކަމަކަށް ނުވާނެ ކަމެވެ. އޮތީ ހަމަ ހިތްވަރުކޮށްލުމެވެ. ހިތްވަރާއިއެކު ސާބިތުވެލުމެވެ.

ﷲ ތަޢަލާގެ މިތުރަކަށް ވެވިއްޖެ ނަމަ ދެން އިތުރަށް ބޭނުންވާނީ ކޮން ކަމެއްހެއްޔެވެ؟ ހަމަ އެއްވެސް ކަމެއް ބޭނުމެއް ނުވާނެއެވެ! ހުރިހާ ނިޢްމަތްތަކެއް އެހިސާބުން އެމީހަކަށް ލިބިގެންދާނެތީއެވެ! ހުރިހާ އުފަލަކާއި ހިތް ހަމަޖެހުމެއް މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެމީހަކަށް ލިބިގެންދާނެތީއެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހަމަ މިއާއިއެކު ވިސްނައިލަން ޖެހޭ ކަމެއް އެބައޮތެވެ. ﷲ ތަޢަލާގެ މިތުރަކަށް އަނިޔާވެރިވެއްޖެނަމަ އެމީހަކާއި ދެކޮޅަށް ﷲ ތަޢާލާ ހަނގުރާމަ އިއުލާނު ކުރައްވަވާނެތެވެ. އެއްވެސް މީހަކަށް އަނިޔާވެރި ނުވާންވީ މި ސަބަބަށްޓަކައެވެ. އެހެނީ ﷲ ތަޢަލާގެ މިތުރުންނަކީ ކޮން ބައެއްކަން އެއްވެސް މީހަކަށް ނުއެނގޭނެތީއެވެ.

އަހަރެމެންނަކަށް ކީރިތި ޤްރްއާނުން ފެންނަން ނެތް ކަމެއްގެ ވާހަކައެއް ޔަޤީން ކަމާއިއެކު ނުބުނެވޭނެއެވެ. ނަމަވެސް ދުނިޔޭގެ ހުރިހާ ބާރަކާއި މުއްސަނދިކަމެއް ލިބިގެންވީ ފިރްޢައުނާއި އޭނާގެ ބާރުގަދަ ލަޝްކަރު އެމީހުން ހީވެސް ނުކުރާފަދަ ގޮތަކަށް ނެތި ކުރެއްވެވީ އެމީހުން މޫސާގެފާނަށާއި މޫސާގެފާނަށް ތަބައަވީ މީހުންނަށް ކުރި އަނިޔާތަކުގެ ސަބަބުންކަން ކީރިތި ޤްރައާނުން އެނގެން އެބައޮތެވެ.

މިއަދު ނިކަމެތި ކުރައްވަވާ މީހުން ނެތި ކުރެއްވެވީ ކާކަށް އަނިޔާވެރިވެގެންކަމެއް ނުއެނގޭނެއެވެ. ޤަބޫލުކުރަންވީ މިއަދުވެސް މިބިންމަތީގައި ﷲ ތަޢަލާގެ މިތުރުން ތިބޭނެކަމެވެ. އެމީހުންނަށް އަނިޔާ ލިބެން ފެށުމުން ކުރާ ދުޢާ، ހަމަ މުސާގެފާނު ކުރެއްވެވި ދުޢާ އިޖާބަ ކުރެއްވެވި ފަދައިން މިއަދުވެސް އިޖާބަ ކުރައްވަވާނެ ކަމެވެ. ވީމާ މީސްތަކުންނޭވެ. ހަމަ އެކަކަށްވެސް އަނިޔާވެރި ނުވާށެވެ. ﷲ ތަޢާލާ ފޮނުއްވަވައިފާނެ ކޯފާއަކަށް ބިރުވެތިވާށެވެ.

 

މުފްތީ މެންކް ގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


39%
ވ.ރަނގަޅު
10%
ރަނގަޅު
17%
އޯކޭ
32%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް