އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ފެން ހިންގުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތާއި ހާލުގަ ޖެހުނު މީހުންގެ ޙާލަތު ރައީސް ޞާލިޙް ބައްލަވާލައްވައިފި

ފެން ހިންގުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތާއި ހާލުގަ ޖެހުނު މީހުންގެ ޙާލަތު ރައީސް ޞާލިޙް ބައްލަވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 40 ސިކުންތު

މާލޭގައި މިއަދު ފެންބޮޑުވެފައިވާތީ ފެން ހިންގުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތާއި ހާލުގައި ޖެހުނު މީހުންގެ ޙާލަތު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފި އެވެ.

އެމަނިކުފާނު ކަލާފާނު ސްކޫލަށް ކުރެއްވި ޒިޔާރަތުގައި ވަނީ ހާލުގައި ޖެހުނު ޢާއިލާތަކުގެ މީހުންނާއިވެސް ބައްދަލުކުރައްވައިފައެވެ. ސަރުކާރުގެ ބައެއް ވަޒީރުންވެސް ވަނީ ކަލާފާނު ސްކޫލަށް ޒިޔާރަތްކުރައްވައިފައެވެ. މާލޭގައި އަންނަނީ ފެން ހިނދެމުންނެވެ. ނަމަވެސް އަދިވެސް މާފަންނުގެ ސަރަހައްދުތަކުގައި ފޫޓެއް ވަރަށް ފެންގަނޑު ވަނީ އުފުލިފައެވެ.

ހާލުގައި ޖެހިގެން 8 ޢާއިލާއެއްގެ މީހުން ވަނީ ސަރުކާރުގެ ބެލުމުގެދަށަށް ގެންދަން ޖެހިފައެވެ. ފުލުހުންނާއި ސިފައިންގެ ހުރިހާ ބޭކަލުންހެން ގެންދަވަނީ ހެނދުނު 9.00 އިން ފެށިގެން ފެން ހިންދުމަށާއި ގޭގެއަށް ފެންވަނުން ހުއްޓުވަން މަސައްކަތް ކުރަމުންނެވެ.

އާރޓިކަލް ރޭޓްކުރައްވާ


100%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް