ގެއްލުން ލިބުނު 160 ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭން މިގެންދަނީ މަސައްކަތް ކުރަމުން: ރައީސް ޞާލިޙް

ގެއްލުން ލިބުނު 160 ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭން މިގެންދަނީ މަސައްކަތް ކުރަމުން: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 29 ސިކުންތު

މިއަދު ކުރި ވިއްސާރައިގައި 160 ޢާއިލާއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާއި ގެއްލުން ލިބުނު ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކުރާ މަސައްކަތްތައް ބައްލަވައިލެއްވުމަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިރޭ 10 ޖަހާއިރު އާއި ދަންވަރު 2 ން ހެނދުނު 6 ޖެހުމާއިމެދު ބޯކޮށް ވާރޭ ވެހޭނެ ކަމުގެ މައުލޫމާތު މީޓިއޮރޮލޮޖީން ލިބިވަޑައިގެންފައިވާ ކަމަށެވެ. 

"ވީމާ ކުރިއަށް ސަމާލުވެ ތިބުމަކީ ވަރަށް މުހިންމު ކަމެއް. ވާރޭ ނުވެހި 2 ގަޑިއެއްހައި އިރު ލިބިއްޖެނަމަ ފެންހިންދައިލެވޭވަރު ވާނެ. މައުލޫމާތު ލިބިފައިވާ ގޮތުން މި މައްސަލަ ކުރިމަތި މިވީ ފެން ބޭރުކުރަންހުރި ޕަމްޕު ސްޓޭޝަންތައް މަސައްކަތް ނުކުރުމުން."

ރައީސް ޞާލިޙް ވިދާޅުވީ މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުން ސަލާމަތީ ބާރުތަކާއި ޢާންމުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށާއި މާލޭގެ 14 ސަރަހައްދެއްގައި ޕަމްޕް ބަހައްޓައިގެން ފެންހިއްކުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
100%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް