އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އެމްޕީ ކަޕްގެ 4 ވަނަ މެޗުގައި ހަމަހަމަ ނަތީޖާއެއް

އެމްޕީ ކަޕްގެ 4 ވަނަ މެޗުގައި ހަމަހަމަ ނަތީޖާއެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ތ. ވަންދޫގައި މިހާރު ކުރިއަށްދާ 'އެމްޕީ ކަޕް 2018' ގެ 4 ވަނަ މެޗުގައި ދެޓީމަށްވެސް ހަމަހަމަ ނަތީޖާއަކުން ނިންމާލަން ޖެހިއްޖެއެވެ.

 

މިއަދު ބައްދަލުކުރީ ހިރިލަންދޫ އާއި ކިނބިދޫ އެވެ. މި މެޗު ނިމުނީ 2-2 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ.

 

ދެޓީމުންވެސް ދާދި އެއްވަރުގެ ކުޅުމެއް ފެނުނު މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ހިރިލަންދޫ އިންނެވެ. މި ދެލަނޑުވެސް ޖަހައިދިނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މޫސާ ފަޔާޒެވެ. އޭނާ ފުރަތަމަ ލަނޑު 3 ވަނަ މިނެޓުގައި ޖެހި އިރު، ދެވަނަ ލަނޑު ޖަހާފައިވަނީ 25 ވަނަ މިނެޓުގައެވެ.

 

ކިނބިދޫގެ ލަނޑުތައް 35 ވަނަ މިނެޓުގައި ޢަބްދުﷲ އަލީމް ޖެހި އިރު، ދެވަނަ ލަނޑު އާދަމް ފަރުހާން ޖަހާފައިވަނީ 50 ވަނަ މިނެޓުގައެވެ.

 

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ހިރިލަންދޫގެ ޖާރޒީ ނަމްބަރު 23 ޢަބްދުލް މުޢީދުއެވެ.

 

މި މުބާރާތުގައި މާދަމާ ވާދަކުރާނީ ވަންދޫ އާއި ކަނޑުދޫ އެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް