އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެން ކުޅުންތެރިންނަށް ފުޓްބޯޅަ ލީގެއް ރާއްޖޭގައި އޮތުމަކީ މުހިއްމު ކަމެއް: މަޚްލޫފް

އަންހެން ކުޅުންތެރިންނަށް ފުޓްބޯޅަ ލީގެއް ރާއްޖޭގައި އޮތުމަކީ މުހިއްމު ކަމެއް: މަޚްލޫފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

އަންހެން ކުޅުންތެރިންނަށް ފުޓްބޯޅަ ލީގެއް ރާއްޖޭގައި އޮތުމަކީ މުހިއްމު ކަމެއްކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު ވިދާޅުވީ އެކަމަށް ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން އެފްއޭއެމްއާ އެކު ވަރަށް އަވަހަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގައި އަންހެން ކުދިންގެ ލީގެއް ނޫންނަމަ މުބާރާތެއް ނުބޭއްވޭ ކަމަށާއި އެކަމުގައި ހޯދޭނީ ކޮންގޮތެއްތޯ ބައްލަވާނެ ކަމަށެވެ.

 

ދިވެހި ޤައުމީ އަންހެން ޓީމުން ހޯދި ކާމިޔާބީއަށް ތަޢުރީފް ކުރައްވާ މަޚްލޫފް ވިދާޅުވީ އަންހެން ޓީމުގެ ކުޅުންތެރިންނަށް މިހާރަށްވުރެ އިތުރަށް ކުރިއެރުންތައް ހޯދައިދެވެން ޖެހޭ ކަމަށާއި އެކަމުގައި ޓީމަށް އެހީތެރި ވެދެއްވާނެ ކަމަށެވެ.

 

މީގެ އިތުރުން ރަށްރަށުގައިވެސް އަންހެނުންގެ ފުޓްބޯޅަ މުބާރާތްތައް ބާއްވަން ޝައުގުވެރިވާ ކުދިން އެބަތިބިކަމަށާއި ހުރިހާ ކުޅިވަރެއްގައިވެސް އެ މިނިސްޓްރީން އެއްބާރުލުން ދޭން ތައްޔާރަށް ތިބި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

 

 

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދެމުން އަންނަ އެލަވަންސްގެ ތަފާތުކުރުން ނައްތާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަނޑައަޅާފައި އޮތް ކަމެއް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް