އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަފާތު ބޮޑު ނަތީޖާއަކުން ދޮންފަނުން ކަމަދޫ ބަލިކޮށްފި

ތަފާތު ބޮޑު ނަތީޖާއަކުން ދޮންފަނުން ކަމަދޫ ބަލިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ދޮންފަނު އިންވިޓޭޝަން ކަޕްގައި މިއަދު ކުޅުނު މެޗު ދޮންފަނުން ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗުގައި ކަމަދޫ އާބައްދަލުކޮށް ދޮންފަނުން ކާމިޔާބުކުރީ 8 ލަނޑު 1 ލަނޑުންނެވެ.

މި މެޗުގައި ދޮންފަނުގެ އިބްރާހީމް އިރުޝާމް ވަނީ ހެޓްރިކް ހަދާފައެވެ. އަދި އަހުމަދު އިފްހާމް އާއި މުހައްމަދު ނަބީލް، ކޮންމެ ކުޅުންތެރިއަކު 2 ގޯލް ޖެހި އިރު، ޢަލީ ޝާއިންވެސް ވަނީ ލަނޑެއް ޖަހާފައެވެ.

ކަމަދޫގެ ހަމައެކަނި ގޯލު ޖެހި ޙުސައިން އާސިމްއެވެ.

މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމަށް ހޮވުނީ ދޮންފަނުގެ އިބްރާހީމް އިރުޝާމް އެވެ.

މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ މާޅޮހާއި އޭދަފުއްޓެވެ.

މިއަހަރުގެ މުބާރާތުގައި އެ އަތޮޅުގެ ދޮންފަން، މާޅޮސް، ކަމަދޫ، ދަރަވަންދޫ، އޭދަފުށި، ކުޑަރިކިލު، ކިހާދޫ އަދި ގޮއިދޫ ވަނީ ބައިވެރިވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް