އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލެއަށް ވެހުނު ފެން ކޮންޓްރޯލް ކުރެވިއްޖެ! މިރޭ 25 ޕަމްޕް ބޭނުން ކުރެވޭނެ: އެމްއެންޑީއެފް

މާލެއަށް ވެހުނު ފެން ކޮންޓްރޯލް ކުރެވިއްޖެ! މިރޭ 25 ޕަމްޕް ބޭނުން ކުރެވޭނެ: އެމްއެންޑީއެފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

މާލެއަށް މިއަދު ވެހުނު ފެން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށާއި  ބެނުންކުރަން ޖެހިއްޖެ ނަމަ މިރޭ 25 ޕަމްޕް ބޭނުން ކުރެވޭނެ ކަމަށް  އެމްއެންޑީއެފުން ބުނެފިއެވެ. "މިހާރުވެސް 19 ސަރަހައްދެއްގަ މިގެންދަނީ ޕަމްޕް ބޭނުން ކުރަމުން."

 

އެމްއެންޑީއެފުން ބުނީ އަދިވެސް އައިޖީއެމްއެޗް ކުރިމަތީގައި 10 އިންޗިއަށް ފެން އެބަހުރި ކަމަށާއި ނަމަވެސް މިހާރު ފެންގަނޑު ވަނީ މުޅި މާލޭގައިވެސް ކޮންޓްރޯލުކުރެވިފައި ކަމަށެވެ.

 

"އަލިއާއިން ހަދިޔާކޮށްފި 9 ޕަމްޕް. ައމިން ކޮންސްޓްރަކްޝަނުން 3 ޕަމްޕް ހަދިޔާކުރަން މިހާރު ވަނީ ހަމަޖެހިފަ. އަދިވެސް ބައެއް އިތުރު ފަރާތްތަކުން ގެންދަނީ މަޝްވަރާކުރަމުން."

 

އެމްއެންޑީއެފުން ބުނީ މިއަދު މަސައްކަތް ކުރީ "ފުލްއެލަރޓް"ގައި ކަމަށާއި ނަމަވެސް ހާލަތު އިތުރަށް ގޯސް ނުވާނަމަ މިރޭ ފުލްއެލަރޓްގައި މަސައްކަތް ނުކުރާނެ ކަމަށެވެ. "މޫސުމާއި ބެހޭ އިދާރާއިންވެސް އެބަ ބުނޭ މިރޭ ވެހޭނީ ތަންކޮޅެއް މަދުން ކަމަށް."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް