އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޅި ރާއްޖެ ސާފުކުރުން ކެންޕޭނު ހޮނިހިރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގަ ފަށަނީ

މުޅި ރާއްޖެ ސާފުކުރުން ކެންޕޭނު ހޮނިހިރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގަ ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުޅި ރާއްޖެ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި "މުޅި ރާއްޖެ ސާފުކުރުން ކެންޕޭނު" އަންނަ ހޮނިހިރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ފަށާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވީ މި ޕްރޮގްރާމް އިފްތިތާޙް ކުރުމަށް ބާއްވާ ޚާއްޞް ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 7.30 ގައި ސްޓޭޑިއަމް ޓަރފް ދަނޑުގައި ކަމަށާއި ޕްރޮގްރާމް އިފްތިތާޙްކޮށް ދެއްވަވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމަށެވެ.

"މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ކުނި މެނޭޖް ކުރުމާއި އެކަން ބެލެހެއްޓުމުގެ އާދަ ރައްޔިތުންގެ ކިބައިގައި އަށަގެންނެވުން. ރާއްޖޭގެ ތިމާވެށީގެ މައްސަލަތަކަށް ބަލާއިރު ކުނީގެ މައްސަލަ އަކީ އެންމެ ބޮޑު މައްސަލަ. ކުނި އުކާލާ ގޮތުން ކުނި މެނޭޖްކުރާ ގޮތުން ވަރަށް ބައިވަރު ތިމާވެށީގެ މައްސަލަތައް ދަނީ ދިމާވަމުން." ޑރ ޙުސައިން ވިދާޅުވީ ކުނި ގޮނޑުތަކުގައި ކުނި ހުރީ ހުރިހާ ބާވަތެއް މަސްހުނިކޮށް ކަމަށާއި ރިސައިކަލް ކުރެވޭނެ ވަސީލަތްތައް ޤާއިމުކޮށްފައި އަދިވެސް ނެތް ކަމަށެވެ. "ގިނަ ރަށްތަކުގައި ކުނި އަންދަމުން އެގެންދަނީ ބެޓެރިއާ ކެމިކަލާ ވިހަ މާއްދާތައްވެސް ހިމެނޭ ގޮތަށް. އެހެންކަމުން ކުނި މެނޭޖް ކުރުމަށް ވރަށް ބޮޑެތި މައްސަލަތަކެއް އެބަހުރި." ކަމަށްވެސް ޑރ. ޙުސައިން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް