އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާމާމަކުނެއް މަތިންދާބޯޓެއްގައި ދަތުރުކުރިކަން އެނގޭތަ؟

ރާމާމަކުނެއް މަތިންދާބޯޓެއްގައި ދަތުރުކުރިކަން އެނގޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

އިނގިރޭސި ވިލާތަށް އުފަންވި ރާމާމަކުނެއް ޖަރުމަނުގެ މަތިންދާބޯޓެއްގެ ބިޒްނަސްކްލާހުގައި ދަތުރެއްކޮށް ނިންމާލިކަން އެނގެނީ ތިޔައިގެ ތެރޭން ކިތައް މީހުންނަށް ބާވައެވެ؟ 

ފްރެންކްފާޓްގެ ޒުލަކަށް ދިޔުމަށް މިމަކުނު އޭގެ ދަތުރު ފަށާފައިވަނީ އިނގިރޭސި ވިލާތުގެ ބާމިންގަހަމުންނެވެ. މިމަކުނުގެ ޅަކަމުން އަނިޔާއެއްވެދާނެތީ ޕެސެންޖަރުންނާ އެކީ ބޯޓުގެ ބިޒްނަސް ކްލާހުގެ ސީޓެއްގައި ބޭންދީ ކަމަށް މައުލޫމާތު ލިބެއެވެ.

ޖަރުމަނުގެ  ފްލައިޓެއްގައި ޓްރަވެލް ޑޮކުމެޓްތަކަކާއެކީ ދަތުރުކުރި މިމަކުނު ވަނީ މަތިންދާބޯޓަށް އެރުމުގެ ކުރިން 'ބިލީ ބޮނޯބޯ' ގެ ނަމުގައި ފޭކް ޕާސްޕޯޓެއް ހަދައި ޗެކިންވެސް ވެލާފައި އެވެ.

މިހާރު އުފެދޭނެ ސުވާލަކީ މި މަކުނު ދަތުރު ކުރީ އަމިއްލައަށް ތޯއެވެ؟ ނޫންހެއްޔެވެ؟

ނޫނެކެވެ. މަތިންދާބޯޓުގައި ބިލީ ބައިންދާފައިވަނީ އޭގެ ހުރިހައި ޒިންމާއެއް ނަގައިގެން އެ ބަލަހަށްޓަމުންދާ މީހާކައިރީގައެވެ. ބިލީ ގެންދިއުމަށް ހަމަޖެހިފައިވަނީ ފްރެންކްފާޓުގެ ޒުލެއްގައި އުޅޭ ކުޑަމަކުނު ބެލެހެށްޓުމުގެ ތަމްރީނު ދީފައިވާ މަކުނެއްގެ ކައިރިއަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު