އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލެއަށް މިއަދު މޫސުން ރަނގަޅު، މާދަމާ ވިއްސާރަ ވެދާނެ!

މާލެއަށް މިއަދު މޫސުން ރަނގަޅު، މާދަމާ ވިއްސާރަ ވެދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ކުރިއަށް އޮތް 24 ގަޑިއިރު ވެރިރަށް މާލެއަށް މޫސުން ރަނގަޅު ވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މާދަމާ ކޮންމެވެސް ވަރަކަށް ވިއްސާރަކޮށްފާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ. 

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އުތުރުގެ ސަރަހައްދުތަކަށް ވާރޭވެހޭނެ ކަމަށާއި މެދުރާއްތެރެއާއި ދެކުނުގެ ރަށްތަކަށްވެސް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.   

އިއްޔެ ހެނދުނުން ފެށިގެން ހަވީރާ ހަމައަށް ހުއްޓުމެއް ނެތި މާލެއަށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ގެގެޔަށާއި ފިހާރަ ފަދަ ތަންނަށް ވެސް ފެން ވަދެ ގެއްލުންތަކެއް ވެފައި ވެ އެވެ. އެގޮތުން، އެންމެ ބޮޑަށް ގެއްލުން ވެފައި ވަނީ މާފަންނު ސަރަހައްދަށެވެ. 

އެނގިފައިވަ ގޮތުން، އިއްޔެ މާލެއަށް 232 މިލިމީޓަރުގެ ވާރޭ ވެހުނެވެ. 

އެމްއެންޑީއެފް އަދި ފުލުހުންނާއި އާންމުން ކުރި މަސައްކަތުން ރޭގެ ވަގުތެއްގައި މާލޭގެ މަގުތަކުން ފެން ހިންދިފައި ވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު