އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ސަފީރުކަމުގެ މަގާމަށް ރުހުންހޯދުމަށް 8 ބޭފުޅެއްގެނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި

ސަފީރުކަމުގެ މަގާމަށް ރުހުންހޯދުމަށް 8 ބޭފުޅެއްގެނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރުޤައުމުތަކަށް ރާއްޖެއިން ސަފީރުން ޢައްޔަން ކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި 8 ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. 

ބޭރުޤައުމުތަކަށް ރާއްޖެއިން ސަފީރުން ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ މިދަންނަވާ ބޭފުޅުންނެވެ.

1.    ބްރަސަލްސްއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް

އަލްފާޟިލް ޙަސަން ޞާބިރު، ގ.ފިޔާތޮށިގެ

2.    އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް

އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީ، ހ.ދޫރިހާ

3.    ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް، ދަފްތަރު ނަންބަރު 4336

4.    ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް

އަލްފާޟިލް އަޙްމަދު ލަޠީފް، ހ.ސީވީޑް

5.    އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް

ޑޮކްޓަރ ފަރަޙަނާޒް ފައިޞަލް، ހ.އަމީނީގެ

6.    އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް

އަލްފާޟިލާ ތިލްމީޛާ ޙުސައިން، މ.ނޫހިރި

7.    މެލޭޝިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް

އަލްފާޟިލާ ވިސާމް ޢަލީ، ހ.އާޒާދެވާދީ

8.    ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް

އަލްފާޟިލް ޢުމަރު ޢަބްދުއްރައްޒާޤު، ހ.ހިކިފިނިފެންމާގެ

އާރޓިކަލް ރޭޓްކުރައްވާ


50%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު