އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވާވޭ މޭޓް 20 އަދި 20 ޕްރޯގެ ފޯނުތަކަށް ދިިރާގުން ޕްރީއޯޑަރ ނަގަން ފަށައިފި

ވާވޭ މޭޓް 20 އަދި 20 ޕްރޯގެ ފޯނުތަކަށް ދިިރާގުން ޕްރީއޯޑަރ ނަގަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ވާވޭއިން އަލަށް ތަޢާރަފްކުރި ވާވޭ މޭޓް 20 އަދި ވާވޭ މޭޓް 20 ޕްރޯގެ ފޯނުތަކަށް، ރާއްޖޭގެ އެންމެ ޒަމާންވީ މުއާސަލާތީ ޚިދުމަތްދޭ ކުންފުނި ކަމަށްވާ ދިރާގުން ޕްރީ އޯޑަރ ނަގަން ފަށައިފިއެވެ. 

ދިރާގުން ބުނި ގޮތުގައި އެ ދެ ފޯނަށް މިއަދުން ފެށިގެން އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ޕްރީ އޯޑަރު ބަލައިގަންނާނެ ކަމަށާއި މި ފޯނަށް ފައިސާ ދެއްކުމަށް ގިނަ ގޮތްތަކެއް ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މަގުފަހިކޮށްދީފައިވާ ކަމަށެވެ.

އެގޮތުން އިންސްޓޯލްމަންޓާއި، އެއްކޮށް ފައިސާ ދައްކައިއިގެން ގަތުމުގެ ފުރުސަތު ވެސް ދިރާގުން ވަނީ ދީފަ އެވެ.

ވާވޭގެ ފޯނު ޕްރީއޯޑަރު ތައާރަފް ކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ، އެ ފޯނު ގަންނަ ކަސްޓަމަރުންނަށް ހަ މަހުގެ މުއްދަކަށް ފަސް ޖީބީގެ ޑޭޓާ ހިލޭ ދިނުމަށް ހަމަޖައްސާފައެވެ. 

އަލަށް ވާވޭއިން ތައާރަފް ކުރި މޭޓް 20 ގެ ލިބެން ހުންނަނީ މިޑްނައިޓް ބްލޫ ކުލަ އާއި ކަޅުކުލައެވެ. އަދި ވާވޭ މޭޓް 20 ޕްރޯ 128 ޖީބީގެ މެމޮރީ އާ އެކު، ކަޅު، ޓުވައިލައިޓް ކުލަ އަދި އެމަރަލްޑް ގްރީން ކުލައިގައި ވެސް ލިބެން ހުރެއެވެ.

ވާވޭ މޭޓް 20 އާއި ވާވޭ މޭޓް 20 ޕްރޯ އަކީ މަތީ ފެންވަރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޮޑު ސްކްރީނަކާ އެކު ޑިޒައިން ކޮށްފައިވާ ފޯނު ތަކެކެވެ. މި ފޯނުތަކަކީ ދުނިޔޭގެ އެންމެ ފުރަތަމަ 7 ނެނޯމީޓަރުގެ އޭއައި ޗިޕް އެކުލަވާލައިގެން އުފައްދާފައިވާ ފޯނެެވެ. އަދި މި ދެ ފޯނުގެ ކެމެރާ ފަރުމާ ކުރީ ދުނިޔެ އަށް މަޝްހޫރު ލެއިކާ ކުންފުންޏާ ވާވޭ ގުޅިގެންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ