ގޮނޑު ދޮށަށް ކުނި އަޅައި ފަރުތަކަށް ގެއްލުން ނުދިނުމަށް ތިމާވެށްޓާ ބެހޭ ވަޒީރު ގޮވާލައްވައިފި

ގޮނޑު ދޮށަށް ކުނި އަޅައި ފަރުތަކަށް ގެއްލުން ނުދިނުމަށް ތިމާވެށްޓާ ބެހޭ ވަޒީރު ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

ގޮނޑު ދޮށަށް ކުނި އަޅައި ފަރުތަކަށް ގެއްލުން ނުދިނުމަށް ތިމާވެށްޓާ ބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަން ގޮވާލައްވައިފިއެވެ.

ޑރ. ޙުސައިން ރަޝީދު ޙަސަން މިއަދު ވިދާޅުވީ ރަށްރަށުގެ ގޮނޑުދޮށަކީ ގޮނޑު ކަމަށް ބަލައި ކުނި އުކުމަކީ މިހާރު އެއްގޮތަކަށްވެސް ޤަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި އެކަމުން ލިބޭ ގެއްލުންތައް މާ ބޮޑު ކަމަށެވެ. ކުނިތައް އޮޔާ ދަނީ ފަރުމައްޗަށް ކަމަށާއި އެކަމުގެ ސަބަބުން ފަރުތަކުގެ ދިރުން ދަނީ ނެތެމުން، ނުވަތަ މަރުވަމުން ކަމަށެވެ. 

ޑރ. ޙުސައިން ވިދާޅުވީ ރާއްޖެ އެކުލެވިގެން މިވަނީ ރަށްތަކެއްގެ މައްޗަށް ކަމަށްވާއިރު ރަށްތައް އުފެދި ބޮޑުވަމުން މިއަންނަނީ އަދި ރަށް ދެމިއޮންނަނީ ފަރު ދިރި އޮންނާތީ ކަމަށެވެ. ރަށް އޮންނަ ފަރު މަރުވެއްޖެނަމަ މައްސަލަތައް ކުރިމަތިވާން ފަށާނެ ކަމަށެވެ.

ޑރ. ޙުސައިން ވިދާޅުވީ ފަރުތަކަށް އެންމެ ބޮޑަށް ގެއްލުންދޭ ތަކެތީގެ ތެރޭގައި ޕްލާސްޓިކާއި ބެޓެރި ފަދަ ބާވަތްތައް ހިމެނޭ ކަމަށެވެ. އެހެންކަމުން އެއްފަހަރު ބޭނުންކޮށްފައިވާ ޕްލާސްޓިކްގެ ބާވަތައް ބޭނުން ނުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމަށެވެ. 

"ސަރުކާރުގެ އޮފީސްތަކުގައި ޕްލާސްޓިކް ފުޅި ގެންގުޅުން ހުއްޓައިލުމުގެ ކެންޕޭނެއް އެމަނިކުފާނު ވަނީ ފަށްޓަވައިފަ. އެކެންޕޭނު ސްކޫލްތަކަށް ފުޅައުކުރުމުގެ މަސައްކަތް މިގެންދަނީ ކުރަމުން. ޔުނިސެފުން މިހާރުވެސް 9000 އަށްވުރެ ގިނަ ފުޅި ވަނީ ލިބިފައި. މިކަމުގައި ވިޔަފާރިވެރިންގެ އެހީތެރިކަމަށްވެސް އެދެން." ޑރ. ޙުސައިން ވިދާޅުވިއެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް