އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަނަވަސް ކަމާ މަޤާމު ލިބުމުން ސައިޒު އޮޅޭ މީހުންނަށް އިމާމް ވަރުގަދަ ސުވާލެއް ކުރިމަތިކުރައްވައިފި!

ތަނަވަސް ކަމާ މަޤާމު ލިބުމުން ސައިޒު އޮޅޭ މީހުންނަށް އިމާމް ވަރުގަދަ ސުވާލެއް ކުރިމަތިކުރައްވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 8 ސިކުންތު

"ތަނަވަސްކަމާ މަޤާމާ ބާރު ލިބުމުން ސައިޒު އޮޅިގެން އުޅޭއިރު ތިބާއަށް ލިބިފައިވާ ތަނަވަސްކަމާއި މަޤާމާއި އާރާއި ބާރު އެއީ ތިބާ އަމިއްލައަށް ހޯދި ކަންކަން ނަމަ އެންމެ ފުރަތަމަ ތިބާ ފަޤީރެއްގެ ގޮތުގައި، ނިކަމެއްޗެއްގެ ގޮތުގައި ދުނިޔޭގައި އުޅުނީ ކީއްވެގެން ހެއްޔެވެ؟"

 

ޤިޔާމަތް ދުވަހު ރަސޫލް (ޞޢވ) މާޔޫސްވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމެއް ކުރިމަތިވެވަޑައި ނުގަންނަވާނެ ކަމުގެ ވަޙީބަސްފުޅު ﷲ ތަޢަލާގެ ޙަޒްރަތުން ޖިބްރީލްގެފާނު ވަނީ ރަސޫލް (ޞޢވ) އަށް ގެނެސް ދެއްވަވައިފައެވެ. މިފަދަ ބަސްފުޅެއް ގެނެސް ދެއްވެވީ އެ ރޭ އިތުރު މާތް ނަބިއްޔާގެ އުންމަތާއިމެދު ކަންބޮޑުވެވަޑައިގެންނެވިވަރުން އަވަހާރަފުޅުވެސް ނުލައްޕަވައި ހުންނެވުމުންނެވެ. 

ސުވާލަކީ އަހަރެމެންގެ ތެރެއިން މި ޔަޤީންކަން ރަސޫލް (ޞޢވ) އަށް އެރުވޭނެ ހާލަތުގައި ތިބީ ކިތައް މީހުން ހެއްޔެވެ؟ އަހަރެމެންގެ ތެރެއިން ކޮންމެ މީހެއްގެ ޙާލަތާއިމެދު ޤިޔާމަތް ދުވަހު އިތުރު މާތް ނަބިއްޔާ ކަންބޮޑުވެވަޑައިގަންނަވާނެއެވެ. އެކަލޭގެފާނުގެ އުންމަތުގެ ހަމަ އެކަކުވެސް ނަރަކައަށް ދިއުމަކީ ވެސް އެކަލޭގެފާނަށް ކެތް ކުރެއްވެވޭ ވަރުގެ ކަމަކަށް ނުވާނެއެވެ.

ނަމަވެސް އެދުވަހު އިތުރު މާތް ނަބިއްޔާއަށްވެސް ކޮށް ދެއްވެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ! ނަރަކައަށް ދާންޖެހުމާއި ނުޖެހުން ބިނާވެފައި އޮންނާނީ ދުނިޔޭގައި ހުރެ އެމީހަކު ކުޅަ ޢަމަލުތަކެއްގެ މައްޗަށެވެ. 

ﷲ ތަޢާލާ ކުޑަކުޑަ ނިޢުމަތެއް ދެއްވަވާއިރަށް ތިމާވަރުގެ މީހަކު ނެތްކަމަށް ޤަބޫލުކުރެވިގެން ތިއަ ތެޅިފޮޅެނީ ތިބާއަކީ ކާކުކަން ނުއެނގޭތީއެވެ. ތިބާއަށް ތަނަވަސްކަމާއި ޢަރާއި ބާރު ދެއްވެވީ ﷲ ތަޢަލާކަން ނުއެނގޭތީއެވެ؟ އެންމެ ރަނގަޅެވެ. ތިބާއަށް ތަނަވަސްކަން ދެއްވެވުމުގެ ކުރިން ތިބާއަކީ ހަމަ އެހެން މީހުން ފަދަ ފަޤީރެއް ނޫނެ ހެއްޔެވެ؟ ބާރު ދެއްވަވަންދެން ތިބާއަކީވެސް ހަމަ އެންމެ އާދައިގެ މީހެއް ނޫން ހެއްޔެވެ؟ ތިބާއަށް ލިބިފައިވާ ތަނަވަސްކަމާއި އާރާއި ބާރު އެއީ ތިބާ އަމިއްލައަށް ހޯދި ކަންކަން ނަމަ އެންމެ ފުރަތަމަ ތިބާ ފަޤީރެއްގެ ގޮތުގައި، ނިކަމެއްޗެއްގެ ގޮތުގައި ދުނިޔޭގައި އުޅުނީ ކީއްވެގެން ހެއްޔެވެ؟ ފުރަތަމަ ވެސް މަހުޖަނެއްގެ ގޮތުގައި ނުއުޅުނީ ކީއްވެގެން ހެއްޔެވެ؟ ފުރަތަމަވެސް މަތީ މަޤާމެއްގައި ނުއުޅުނީ ކީއްވެގެން ހެއްޔެވެ؟

މިކަންކަމަށް ވިސްނައި ފިކުރު ކުރާ މީހަކަށް ނޫނީ ނުވިސްނޭނެއެވެ. ގިނަ ބައަކަށް އެމީހުންގެ ސައިޒު އޮޅިގެން މިއަދު އެ އުޅެނީ ނުވިސްނޭތީ އެވެ. ތަނަވަސްކަން ލިބުމުން ޞަދަޤާތް ކުރަން ފަސް ޖެހެނީ، މަޤާމެއް ލިބުމުން ބިޒީކަމުން ނަމާދަށް ނުދެވެނީ، ބާރެއް ލިބޭއިރަށް އަނިޔާވެރިވަނީ އެ ނިޢްމަތްތައް ތިމާއަށް ދެއްވެވީ ﷲ ތަޢާލާކަންވެސް ނިޢްމަތްތައް ލިބުމުން ހަނދާން ނުހުންނާތީއެވެ!

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެފަދަ މީހުންގެ ތެރޭގައި ނުވެވޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ! ދެ ދުނިޔެވެސް ލިބުން އޮތީ ހަމަ އެއިރުންނެވެ. އެގޮތުގައި މަސައްކަތްކޮށް ﷲ ތަޢަލާއަށް އިޚްލާޞްތެރިވީ ވަރަކުންނެވެ.  

 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް