އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ސިކްސް އެކްސްގެ މައްޗަށް ޗެލެންޖަރސް އެފްސީ އިން ބޮޑު މޮޅެއް

ސިކްސް އެކްސްގެ މައްޗަށް ޗެލެންޖަރސް އެފްސީ އިން ބޮޑު މޮޅެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 25 ސިކުންތު

ތުއްތޮންބެ ކަޕްގެ މިއަދު މެޗު ޗެލެންޖަރސް އެފްސީ އިން ކާމިޔާބުކޮށްފިއެވެ.

މި މެޗު އެޓީމުން ކާމިޔާބުކުރީ ސިކްސް އެކްސްގެ މައްޗަށް 0-4 ލަނޑުންނެވެ.

ކ. ގުރައިދޫގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ މިއަދުގެ މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމު ހޯދީ ޗެލެންޖަރސް އެފްސީގެ ޖާރޒީ ނަމްބަރު 11 މުޙައްމަދު އިކްރާމްއެވެ.

މާދަމާގެ މެޗުގައި ބައްދަލުކުރާނީ ހަޓް އެފްސީ އާއި ކުޑަސިޓީ އެފްސީއެވެ. މި މެޗު ފަށާނީ ހަވީރު 15:45ގައެވެ.

އެއްއަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރުގެ މުބާރާތް ބާއްވާ އިރު، 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ބީޑަބްލިއުބީ، ކުޑަސިޓީ އެފްސީ، ހަޓް އެފްސީ، ސިކްސް އެކްސް، އޯލް އެޓޭކް އެފްސީ އަދި ޗެލެންޖަރސް އެފްސީއެވެ.

ރަށުގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައިގެ ހުނަރު އިތުރުކުރުވާ، މުބާރާތްތަކުގައި ވާދަކޮށް، ވާދަވެރި މެޗުތަކަށް ހޭނުވުމާއި ހުރިހާ ޒުވާނުން އެއްމާޙައުލަކުންބައްދަލުވެ، އެކުވެރިކަމާއެކު އުޅުމުގެ މަގު ފަހިކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ މި މުބާރާތަކީ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އަލް އުސްތާޛު އިބްރާހިމް ރިޒާ ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގައި ގްރޫޕް ސްޓޭޖުގެ 15 މެޗާއި ސެމީފައިނަލުގެ 2 މެޗާއި ފައިނަލް މެޗާއެކު ޖުމްލަ 18 މެޗު ކުޅޭނެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް