އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޅުނު ދެ މެޗުންވެސް މޮޅުވެ، ދޮންފަނު އިންވިޓޭޝަން ކަޕްގެ ސެމީއަށް އޭދަފުއްޓާއި ދޮންފަނު

ކުޅުނު ދެ މެޗުންވެސް މޮޅުވެ، ދޮންފަނު އިންވިޓޭޝަން ކަޕްގެ ސެމީއަށް އޭދަފުއްޓާއި ދޮންފަނު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ބ. ދޮންފަނުގައި މިހާރުކުރިއަށްދާ ދޮންފަނު އިންވިޓޭޝަން ކަޕްގެ ސެމީފައިނަލަށް އޭދަފުއްޓާއި މުބާރާތް ބާއްވާ ރަށް ދޮންފަނު ހިނގައްޖެއެވެ.

މި ދެޓީމު ސެމީއަށް ދިޔައީ  ގްރޫޕް އޭގައި މި ދެޓީމު ކުޅުނު ދެ މެޗުންވެސް މޮޅުވެގެންނެވެ. އެހެންނަމަވެސް މި ގްރޫޕުން އެއްވަނަ ޓީމު ކަށަވަރުވާނީ މި މަހުގެ 9 ވާ އާދީއްތަ ދުވަހު އޭދަފުއްޓާއި ދޮންފަނު ބައްދަލުކުރާ މެޗަށްފަހުއެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗު މާޅޮހާއި ބައްދަލުކޮށް އޭދަފުށި މޮޅުވީ 3 ލަނޑު 2 ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އޭދަފުށީގެ އިބްރާހިމް ޝަރީފް ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ޢަލީ ނަސީމުއެވެ.

މާޅޮސްގެ ލަނޑުތައް ޖަހާފައިވަނީ އޭދަފުށިން 3 ލަނޑު ޖަހާފައިވަނިކޮށްނެވެ. އެގޮތުން މާޅޮހުގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު އަމީން އާއި އަހްމަދު ހިޝާމު އެވެ.

މާދަމާގެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ގޮއިދޫ އާއި ކުޑަރިކިލެވެ.

މިއަހަރުގެ މުބާރާތުގައި އެ އަތޮޅުގެ ދޮންފަން، މާޅޮސް، ކަމަދޫ، ދަރަވަންދޫ، އޭދަފުށި، ކުޑަރިކިލު، ކިހާދޫ އަދި ގޮއިދޫ ވަނީ ބައިވެރިވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް