އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަނޑޫދޫ އާއި ވަންދޫގެ ކުރިމަތިލުން ވަންދޫއަށް

ކަނޑޫދޫ އާއި ވަންދޫގެ ކުރިމަތިލުން ވަންދޫއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ތ. ވަންދޫގައި މިހާރު ކުރިއަށްދާ 'އެމްޕީ ކަޕް 2018' މިއަދުގެ މެޗު ވަންދޫއިން ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގެ 5 ވަނަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ ކަނޑޫދޫ އާއި ވަންދޫއެވެ. މި މެޗު 0-4 ލަނޑުން ކާމިޔާބުކުރީ ވަންދޫއެވެ.

މިއަދުގެ މެޗުގައި ވަންދޫގެ ޙަސަން ޝަހީލް ވަނީ 2 ގޯލު ޖަހާފައެވެ. އޭނާ ގޯލުތައް ޖަހާފައިވަނީ 30 ވަނަ މިނެޓާއި 42 ވަނަ މިނެޓުގައެވެ. އެޓީމުގެ އިތުރު ގޯލުތައް ޖަހާފައިވަނީ 65 ވަނަ މިނެޓުގައި ޝިޔާޒް އިބްރާހިމް އަދި 80 ވަނަ މިނެޓުގައި ޢަލީ ނައުފަލްއެވެ.

މި މެޗުގެ މޭން އޮފް ދަ މެޗު ހޯދީ ވަންދޫގެ ޖާރޒީ ނަމްބަރު 5 ޝިރްހާން އަޙްމަދެވެ.

މާދަމާ ބައްދަލުކުރާ މި މުބާރާތުގެ 6 ވަނަ މެޗުގައި ވާދަކުރާނީ ކިނބިދޫ އާއި އޮމަދޫއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް