އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އެންމެ ލޯބިވާ ދަރިފުޅު ނަރަކައިން ސަލާމަތް ނުކުރެވިއްޖެނަމަ ހޯދައިދިން ގޭމްތަކާ އައިޕޭޑްތަކާ ރީތި ފޭރާމާ މީރު ޗޮކްލެޓްތަކުން ކުރާނީ ކޮން ފައިދާއެއް؟

އެންމެ ލޯބިވާ ދަރިފުޅު ނަރަކައިން ސަލާމަތް ނުކުރެވިއްޖެނަމަ ހޯދައިދިން ގޭމްތަކާ އައިޕޭޑްތަކާ ރީތި ފޭރާމާ މީރު ޗޮކްލެޓްތަކުން ކުރާނީ ކޮން ފައިދާއެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 7 ސިކުންތު

މަންމަގެ ބަނޑުގައި ވަނިކޮށް ﷲ ތަޢަލާ ފުރާނަ އެޅުއްވީންސުރެ މަރުވަންދެން ތިބާ އަކީ ދިރިހުރި މީހެކެވެ. މަރުވުމުން ތިބާއަކީ މައްޔިތެކެވެ. މާނައަކީ އެއްވެސް ކަމެއް އަމިއްލައަށް ކުރުމުގެ އެއްވެސް އާރެއް ބާރެއް ނެތް މީހެކެވެ.

ބާލިޣް ވަންދެން ކުރެވޭ އެއްވެސް ކަމެއްގެ މައްޗަށް ތިބާއަކަށް އެއްވެސް ކުށެއް ނުވަތަ ފާފައެއް ނެތެވެ. ނަމަވެސް ބާލިޣްވާ ހިނދުން ފެށިގެން ތިބާއަކީ ހަމަ ޒިންމާ އުފުލަންޖެހޭ، ޖަވާބުދާރީވެސް ވާންޖެހޭ މީހެކެވެ.

ވީމާ ކުޑަ ކުއްޖެއްގެ ހުކުމް ހިނގާނީ ހަމައެކަނި ބާލިޣްވަންދެންނެވެ. ބާލިޣްވުމަށްފަހު ފަރުޟު އަދާނުކުރާނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ. އެހެންކަމުން ދަރިން ދެކެ ލޯބިވާނަމަ ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ ބާލިޣް ވާންވާއިރަށް އެކަމަށް ކުއްޖާ ތައްޔާރުކުރުވުމެވެ. މިބަހުގެ މާނައަކީ އަދާކުރަންޖެހޭ ފަރުޟުތަކާއި ފަރުޟުތައް އަދާކުރާނެ ގޮތް ކުދިންނަށް ދަސްކޮށް ދިނުމެވެ. ހަމައެކަނި ދަސްކޮށް ދިނުމަކުން ވެސް ނުފުދެއެވެ. އަހުލުވެރިކުރުވަން ވެސް ޖެހެއެވެ. 

މިކަމުގައި ވަރަށް ގިނަ އަދަދެއްގެ މައިން ބަފައިން މިއަދު ދަނީ އިހްމާލުވަމުންނެވެ. ފޭލްވަމުންނެވެ. މިއީ އިންސާނާގެ ހަޔާތުގައި ވެވޭ އެންމެ ބޮޑު ފޭލްވުމެވެ. އެހެނީ ދަރިންނަށްޓަކައި އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި އިހްމާލުވުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ.

ރަނގަޅަށް ވިސްނާށެވެ. ތިބާގެ ލޯބިވާ ދަރިފުޅު ބާލިޣްވީ އުމުރުން 10 އަހަރުގައި ކަމަށްވެދާނެއެވެ. 15 އަހަރުގައި ދަރިފުޅު މަރުވީއެވެ. ތިބާ އެއްވެސް ކަމެއް ދަރިފުޅަށް ދަސްކޮށްދީފައި ނެތުމުން އަދި އަހުލުވެރިކުރުވާފައި ނެތުމުން ކުއްޖާ މަރުވެގެން އެދިއައީ ނަމާދު ނުކޮށެވެ. އެހެންކަމަށް ވެއްޖެނަމަ ޤިޔާމަތް ދުވަހު ކުއްޖާގެ ކަންކަން ވާނެ ގޮތާއިމެދު ނިކަން ފުންކޮށް ވިސްނައިލަބަލާށެވެ!

އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކު ވަރަށް ޅައުމުރުގައި ދަރިން ލައްވައި ރޯދަ ހިއްޕުވައެވެ. ކިރިޔާ ރޯދައަށް ހުރެވޭވަރު ވީންސުރެ އެކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއެވެ. އެއީ ހަމަ ކުރަން ޖެހޭނެ ވެސް ކަމެކެވެ. ހިތާމައަކީ އެ ސަމާލުކަން ނަމާދަށް ނުދެވޭތީއެވެ. 5 ނަމާދު ބަރާބަރަށް ނުކުރުވާތީއެވެ. ދަރިފުޅު އަދި މާ ކުޑަ ކަމަށް ބަލައި ދަރިން ލައްވައި 5 ނަމާދު ނުކުރުވާ ކަމެވެ.

 

މިއީ ވަރަށް ދެރަ ކަމެކެވެ. ވަރަށް ނުބައި ގޮތެކެވެ. އުމުރުން 7 އަހަރު ވީންސުރެ ނަމާކުރުވަން އާދަ ކުރުވުމުށާއި 10 އަހަރުވުމުން ނަމާދު ނުކުރާނަމަ އަނިޔާއަށް ނުވާގޮތަށް އަދަބުދީގެންވެސް ނަމާދު ކުރުވަން އަންގަވާފައި އެއޮތީ ސަބަބެއް އޮތުމުންނެވެ. އެއީ މައިން ބަފައިންގެ ބޮލުގައި އެޅިފައިވާ އެންމެ ބޮޑު އެއް ޒިންމާއެވެ. ޚާއްޞަކޮށް ބައްޕައިންގެ ބޮލުގައެވެ.

 

ކަން މިހެން އޮތް ނަމަވެސް ބައެއް ބެލެނިވެރިންނަށް ޤަބޫލުކުރެވެނީ ދަރިން ދެކެ ލޯބިވުމަކީ ޒަމާނީ ވަސީލަތްތައް ހޯދައިދީގެން ކުދިން އުފާކުރުވުން ކަމަށެވެ. މީރުހައި ކެއުންތައް ހޯދައިދިނުން ކަމަށެވެ. އެންމެ ރީތި، އަގު ބޮޑު ފޭރާން ލެއްވުން ފަދަ ކަންކަން ކުރުން ކަމަށެވެ.

 

މީސްތަކުންނޭވެ! ދެންމެ މިބުނި ކަންކަން ކޮށްދޭން ވާނީ ނަމާދު ކުރުވުމުގެ ފަހަތުންނެވެ. ދަރިން ދެކެ ލޯބިވުމަކީ އެކުދިންނަށް ޅަފަތުގައި އިސްލާމް ދީން ދަސްކޮށްދީ އަހުލުވެރި ކުރުވުމެވެ. ޚާއްޞަކޮށް ފަރުޟު 5 ނަމާދު ބަރާބަރަށް އަދާކުރުވުމެވެ. އެކަމަށް ހިތްވަރުދީ ދަރިން އަހުލުވެރި ކުރުވުމެވެ. ކީރިތި ޤްރްއާން އުނގަންނައި ދިނުމެވެ. ދަރިންނަކީ ކީރިތި ޤްރްއާނަށް ލޯބިކުރާ އަދި އެފޮތް ކިޔަވާ ކުދިންނަށް ހެދުމެވެ.

 

މިވާހަކަތަކަކީ ވަރަށް ގިނަ ދަރުސްތަކުގައި އިލްމުވެރިން ވަރަށް ގިނައިން ދައްކަވާ ވާހަކަތަކެކެވެ. ނަމަވެސް ސަމާލުކަން ދެނީ މަދު ބެލެނިވެރިއެކެވެ. އެހެން ނުހަދާށެވެ! ތިބާގެ ދަރިފުޅަށް ހޯދައިދެވޭނެ އެންމެ ބޮޑު އުފަލަކީ އެ ދަރިން ނަރަކައިގެ ހޫނުގަދަ އަލިފާނުން ސަލާމަތްކުރުންކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. އެކަމަށް ގަދައަޅައި މަސައްކަތް ކުރާށެވެ! ތިބާއަށް ވެސް އަދި ތިބާގެ ދަރިންނަށް ވެސް އެންމެ ބޮޑު މަންފާއެއް ކުރާނީ އެކަމުންނެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން 

އާރޓިކަލް ރޭޓްކުރައްވާ


32%
ވ.ރަނގަޅު
7%
ރަނގަޅު
17%
އޯކޭ
42%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް