އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުޅި އަޅައިގެން ފީނަން ފޭބި މީހަކު ނިޔާވެއްޖެ

ފުޅި އަޅައިގެން ފީނަން ފޭބި މީހަކު ނިޔާވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 2 ސިކުންތު

ގދ. އަތޮޅުގައި ފުޅި އަޅައިގެން ފީނަން ފޭބި ތިން މީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެ އެވެ.

 

އެމްއެންޑީއެފުން ބުނިގޮތުގައި ގދ. ގައި އޮންނަ "އައުޓްރިގާ ކޮނަންޓާ މޯލްޑިވްސް ރިސޯރޓް" ކައިރިޔަށް "ހުޝިޔާރު" ނަމަކަށް ކިޔާ ދޯނިން އެންހިފުމަށްޓަކައި ފުޅި އަޅައިގެން ފީނަން ފޭބި ތިން މީހެއްގެ ހާލު ދެރަވެގެން ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެކަކުވަނީ މާބޮޑަށް ހާލުދެރަވެގެން، ތިނަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައެވެ.

 

މައުލޫމާތު ލިބިފައިވާގޮތުގައި ފީނަން ފޭބި މީހުންގެ ތެރެއިން ހާލުދެރަވެ ފަރުވާދެމުން ދަނިކޮށް ނިޔާވީ 37 އަހަރުގެ ޒުވާނެކެވެ.

 

އެމްއެންޑީއެފުން ފުނީ މި ހާދިސާގައި ހާލުދެރެވެގެން އެހީތެރިކަން ފޯރުކޮށްދިން މީހުންގެ ތެރޭގައި، 24 އަހަރާއި 31 އަހަރުގެ ޒުވާނެއްވެސް ހިމެނޭ ކަމަށާއި އޭގެ ތެރެއިން 24 އަހަރުގެ ޒުވާނާ ހާލު ދެރަވެގެން އިތުރުފަރުވާޔަށް މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރަށް 31 އަހަރުގެ މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

 

މި ޙާދިޞާގެ ރިޕޯރޓް، ރޭ ފަތިހު 5:14 ހާއިރު ލިބުމާއި އެކު ތިނަދޫ ސީ އެމްބިއުލާންސް އެ ދޯނި އޮތް ސަރަހަށްދަށް ގޮސް އެ ތިން މީހުން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ