އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން ނަލަހައްދައި ސެންޓް ޖަހައިގެން ސްކޫލަށް، ތިމާ ޒީނަތްތެރިވެގެން އޮފީހަށް- ކަންފަތުގައި އިބިލީހުގެ ނަޖިސް! އޮތީ ކޮން ރީތި ކަމެއް؟

ދަރިން ނަލަހައްދައި ސެންޓް ޖަހައިގެން ސްކޫލަށް، ތިމާ ޒީނަތްތެރިވެގެން އޮފީހަށް- ކަންފަތުގައި އިބިލީހުގެ ނަޖިސް! އޮތީ ކޮން ރީތި ކަމެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 50 ސިކުންތު

އަޅުގަނޑުމެން ހެނދުނު ތެދުވެ ކުރާ ފުރަތަމަ ކަމެއްގެ ގޮތުން ދަރިން ފެންވަރުވައި ރީތި ޔުނިފޯމް އަޅުވައި ސެންޓް ޖަހައިގެން މިގެންދަނީ ސްކޫލަށެވެ. އެއަށްފަހު ތިމާ ރީތި އަގުބޮޑު ފޭރާންލައި ޒީނަތްތެރިވެ އަގުބޮޑު ގަހަނާއަޅައި ސެންޓް ޖަހައިގެން މިދަނީ އޮފީހަށެވެ.

 

މިގޮތަށް ދަރިން ސްކޫލަށް ގެންދާއިރު ދަރިންގެ ކަންފަތުގައި އަދި ތިމާގެ ކަންފަތުގައިވެސް ފުރެންދެން މިހުންނަނީ އިބިލީސް ކުޑަކަމުދިއަ ނަޖިހެވެ.  ވީއިރު އޮތީ ކޮން ރީތި ކަމެއް ހެއްޔެވެ؟

 

ބާލިޣްވެ ނަމާދު ވާޖިބުވެފައިވާ މީހާ އަދި ކުއްޖަކު ނަމަވެސް ފަތިސް ނަމާދަށް  ބަންގި ގޮވުމުން ހޭލައި ފަތިސް ނަމާދު ނުކުރާނަމަ އެމީހެއްގެ ކަންފަތުގައި އިބިލީސް އެރޭ ކުޑަކަމުދިއަ ނަޖިސް ހުންނާނެއެވެ. އެ ނަޖިހުން ސަލާމަތް ވާނީ ތެދުވެ ވުޟޫކޮށް ނަމާދުކުރި އިރަކުންނެވެ. އެމީހަކު އެދުވަހު ވުޟޫކޮށް ނަމާދު ނުކުރާނަމަ އެ އުޅެވެނީ އެ ނަޖިސްތައް ކަންފަތުގައި ބަހައްޓައިގެންނެވެ. މިއީ ޙަދީޘުން ސާބިތުވާ ކަމެކެވެ.

 

ހަމައެއާއިއެކު މީހާ ނިދުމުން އިބިލީސް އެމީހެއްގެ ބޮލުގައި 3 ގޮށް ޖަހައެވެ. އެތަނުން ފުރަތަމަ ކޮށް މޮހެވޭނީ ނިދީން ހޭލައި ﷲ ތައާލާގެ މަތިން ހަނދުމަކޮށް ޛިކްރް ކުރުމުންނެވެ. ދެވަނަ ގޮށް މޮހެވޭނީ ވުޟޫ ކުރުމުންނެވެ. 3 ވަނަ ގޮށް މޮހެވޭނީ ނަމާދުކުރުމުންނެވެ. މިއީ ވެސް ހަމަ ޞަޙީޙް ޙަދީޘުން ސާބިތުވާ ކަންކަމެވެ.

 

ނިކަން ވިސްނައިބަލާށެވެ! ދަރިން ސްކޫލަށް ތިއަ ގެންދަނީ އެދުރުން ދޭ ފިލާވަޅުތައް އަޑުއަހައި އުނގެނުމަށެވެ. އެކަން މިކުރެވެނީ ﷲ ތަޢާލާގެ ވާގިފުޅާއިއެކުގައެވެ. ފިލާވަޅުތައް އަޑުއަހާއިރު އިބިލީސް ކުޑަކަމު ދިއަ ނަޖިސް އެކަންފަތުގައި ހުރިނަމަ ދެން ވާނެ ގޮތާއިމެދު އަމިއްލައަށް ވިސްނައިލުން ރަނގަޅުވާނެއެވެ.

 

މިކަންކަމުން އެނގިގެންދަނީ ފަތިހު ތެދުވެ ފަތިސް ނަމާދުކުރުމުގެ މުހިންމު ކަމެވެ. ދަރިން ލައްވައި ފަތިސް ނަމާދު ކުރުވުމުގެ މުހިންމުކަމެވެ. ދަރިން ލައްވައި ނަމާދު ކުރުވުމަކީ މައިން ބަފައިންގެ ޒިންމާއެކެވެ. އެ ޒިންމާ އުފުލަނީ އަދި އަމިއްލަ ނަފުސަށް މިއަދު އެ ޒިންމާ އުފުލަނީ ކިތައް މައިން ބަފައިން ހެއްޔެވެ؟ އެ ޒިންމާ ތިމާ އިފުލަމުތޯ އެއީ ކޮންމެ މީހަކުވެސް އަމިއްލަ ނަފުސާއި ކޮށްލުން ވަރަށް މުހިންމު ސުވާލެކެވެ.

 

-މައުލޫމާތު: ޝައިޚް އަޙްމަދު ނާޒިޙް

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް