އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމް ދީނުގައި (ދަތިކަމުން) ނުކުންނާނެ މަގެއް ނެތް، ފާފައެއް އެއްވެސް މުމިނަކަށް ނުކުރެވޭ!

އިސްލާމް ދީނުގައި (ދަތިކަމުން) ނުކުންނާނެ މަގެއް ނެތް، ފާފައެއް އެއްވެސް މުމިނަކަށް ނުކުރެވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 5 ސިކުންތު

"އަދި ތިއަބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހް، ތިއަބައި މީހުންގެ ދީނަކީ ދަތި އުނދަނގޫ އެއްޗެއްކަމުގައި ނުލައްވަވަތެވެ. އެހެނެއްކަމަކު ތިއަބައިމީހުންނަށްޓަކައި ފަސޭހަކޮށް ދެއްވަވައި ތަނަވަސްކޮށްދެއްވެވިއެވެ. ފަހެ ބައެއް ކަންތަކުން ސަލާމަތް ކޮށްދެއްވެވުމުގެ މަގަކީ ތައުބާ ކަމުގައި ލެއްވެވިއެވެ. އަދި އަނެއްބައި ކަންތަކުން ސަލާމަތްވާނެ މަގަކީ ކައްފާރާ ދިނުން ކަމުގައި ލެއްވެވިއެވެ. އަދި އަނެއްބައި ކަންތަކުން ސަލާމަތްވުމަށް ޤިޞާޞް ލެއްވެވިއެވެ. ފަހެ އިސްލާމް ދީނުގައި (ދަތިކަމުން) ނުކުންނާނެ މަގެއް ނެތް ފާފައެއް، އެއްވެސް މުމިނަކަށް ނުކުރެވެއެވެ."

(މިއަދުގެ ޚުޠުބާއިން އިމާމް އައްޠބަރީގެ ބަސްފުޅެއް)

 

 

އަދިވެސް މިއަދުގެ ޚުޠުބާގައިވެއެވެ. "ﷲ ސުބްޙާނަހޫ ވަތަޢާލާ އިސްލާމީ ޝަރީޢަތް ބާވައިލެއްވެވީ މުޅި އިންސާނިއްޔަތަށް ރަޙްމްތެއްގެ ގޮތުގައެވެ. ދަތި އުނދަގޫ ގޮތްތަކުން ސަލާމަތް ކުރައްވަވައި ލުއިފަސޭހަ ގޮތްތައް އިރާދަ ކުރެއްވެވިއެވެ."

 

މިއަދުގެ ޚުޠުބާއިންވެސް އެނގިގެންދަނީ ޤިޞާޞް ހިފަން ޖެހޭ ކަމާއި އެކަން ކުރަންޖެހެނީ އެއީ އިސްލާމް ދީނުގައި ﷲ ތަޢާލާ ބަޔާން ކުރއްވަވާފައިވާ ޙުކުމްފުޅަކަށްވާތީ ކަމަށެވެ. އަދި އެކަން ކުރަންޖެހެނީ އަޅުގަނޑުމެންނަށް ކުރެވޭ ފާފަތަކުން އަޅުގަނޑުމެންނާއި މުޖުތަމައު ސަލާމަތްކުރަން ކަމެވެ.

 

އެހެންކަމުން ޤިޞާޞް ހިފުމަކީ އިޚްތިޔާރީ ކަމެއްގެ ގޮތުގައި ބަލައިގަނެވެން ނެތްކަން މިވަނީ ވަރަށް ފުރިހަމައަށް ހާމަވެފައެވެ. " ﷲ ސުބްޙާނަހޫ ވަތަޢާލާ އިސްލާމީ ޝަރީޢަތް ބާވައިލެއްވެވީ މުޅި އިންސާނިއްޔަތަށް ރަޙްމްތެއްގެ ގޮތުގައި" ކަމަށް އޮތުމުން ޤިޞާޞް ހިފުމަކީ އަނިޔާވެރިވުން ކަމަށް ބެލެވޭނެ އެއްވެސް ގޮތެއް ނެތްކަންވެސް މިވަނީ ހާމަވެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް