ރައީސް ޔާމީން މިއަދު ހުންނެވީ ނުހައްޤުން ހޯއްދެވި ގެއެއްގެ ދޮރުގަ އަމިއްލަފުޅަށް ތޭރި ޖައްސަވައި ޖަލެއްގަ ބަންދުވެގެން- ކާނަލް ނާޒިމް

ރައީސް ޔާމީން މިއަދު ހުންނެވީ ނުހައްޤުން ހޯއްދެވި ގެއެއްގެ ދޮރުގަ އަމިއްލަފުޅަށް ތޭރި ޖައްސަވައި ޖަލެއްގަ ބަންދުވެގެން- ކާނަލް ނާޒިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު

ރައީސް ޔާމީން މިއަދު ހުންނެވީ ނުހައްޤުން ހޯއްދެވި ގެއެއްގެ ދޮރުގައި އަމިއްލަފުޅަށް ތޭރި ޖައްސަވައި ޖަލެއްގައި ބަންދުވެގެން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓ) މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

 

ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން ކާނަލް ނާޒިމް މިއަދު ވިދާޅުވީ 11 އަހަރުވަންދެން ޖަލުގައި ބާއްވަން ނިންމަވައިގެން ރައީސް ޔާމީނު ކަންތައްތައް ކުރެއްވި ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނަށް ޢާއިލާ ގާތަށް ގެއަށް ވަޑައިގެންނެވުނު ކަމަށާއި މުޅިން މިނިވަންވެ ވަޑައި ނުގެންނެވުނު ނަމަވެސް ޢާއިލާ ޢާއިއެކު ހުންނެވީ ހިތްޕުޅު ހަމަޖެހިވަޑައިގެން ކަމަށެވެ.

 

ނާޒިމް ވިދާޅުވީ ފިސްތޯލައިން އެހެން މީހެއްގެ ޑީއެންއޭ ފެނުން ފަދަ އެމަނިކުފާނުގެ އަދަބަށް ލުއި ދެއްވޭނެ އަދި މައްސަލަ އިތުރަށް ބަލަން އަމުރު ކުރެއްވޭނެ އެތައް ސަބަބެއް މެދުވެރިވި ކަމަށާއި ނަމަވެސް އަދަބަށް އެއްވެސް ލުޔެއް ދެއްވަން ރައީސް ޔާމީން ބޭނުންފުޅު ނުވީ ކަމަށެވެ. "އަޅުގަނޑު އެރޭ ހައްޔަރު ކުރުމާއި ގުޅިގެން ހެނދުނު ފޯނު ކުރިން. ނުނަންގަވާ. ފަހުން ފޯނުން ގުޅުނު. ވިދާޅުވީ އެކަން ހިނގައި ދިއަކަން އެނގިވަޑައިވެސް ނުގަންނަވާ ކަމަށް. އެވަރުގެ ބޮޑު އިތުރުފުޅެއް (ދޮގެއް) ހެއްދެވީ."

 

ކާނަލް ނާޒިމް ވިދާޅުވީ މާދަމާ ކުރިމަތިވާނެ ޙާލަތު ހަމަ އެކަކަށްވެސް ނުއެނގޭނެ ކަމަށާއި އެއްވެސް ކުށެއް ނުކުރަނީސް އެއްވެސް މީހަކަށް އަދަބުދީ އަނިޔާވެރި ވާން ހެޔޮ ނުވާނެ ކަމަށެވެ. އެގޮތަށް އަނިޔާވެރިވާއިރު އެކަން އެނބުރި އައިސް ތިމާ އާއި ކޮންމެ ވަގުތަކު ނަމަވެސް ބައްދަލުކޮށްފާނެ ކަމަށް ވިސްނަން ޖެހޭނެ ކަމަށެވެ. "ރައީސް ޔާމީނަށް މިއަދު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަންކަން ބަދަލުވަމުން މިދާގޮތް. ކުށެއް ނެތް މީހުންނަށް އަނިޔާކުރީމާ ވާ ގޮތް." ކާނަލް ނާޒިމް ވިދާޅުވިއެވެ.

އާރޓިކަލް ރޭޓްކުރައްވާ


36%
ވ.ރަނގަޅު
4%
ރަނގަޅު
20%
އޯކޭ
40%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް